Advertisement
ކ. މާލެ
|
7 މާރޗް 2022 | ހޯމަ 12:14
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން- ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބިލު ފާސްކޮށްފައިވަނީ 57 މެމްބަރުން ވޯޓުން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން- ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބިލު ފާސްކޮށްފައިވަނީ 57 މެމްބަރުން ވޯޓުން
ރައްޔިތުންގެ މަޖިލިސް
ފަނޑިޔާރުންގެ ޤާނޫނު އިސްލާޙުކުރުން
ވިހެއުމުގެ ޗުއްޓީ ފަނޑިޔާރުންނަށްވެސް ލިބިދޭ ގޮތަށް ހުށައެޅި އިސްލާހު ފާސްކޮށްފި
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ، ކަނޑިތީމު ދާއިރާގެ އަބްދުﷲ ޝަހީމް އަބްދުލް ހަކީމް
ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބިލު ފާސްކޮށްފައިވަނީ 57 މެމްބަރުން ވޯޓުން
ހުރިހާ އެންމެންނަށް ލިބެން ޖެހޭ ޗުއްޓީގެ ވާހަކަ އެއް ގާނޫނެއްގައި އޮތުން މުހިންމު

ވިހެއުމުގެ ޗުއްޓީ ފަނޑިޔާރުންނަށްވެސް ލިބިދޭ ގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބިލު ފާސްކޮށްފައިވަނީ 57 މެމްބަރުން ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ، ކަނޑިތީމު ދާއިރާގެ އަބްދުﷲ ޝަހީމް އަބްދުލް ހަކީމެވެ. މި އިސްލާހަކީ ދައުލަތުގެ މުވައްޒަފުންނަށް މިހާރުވެސް ދެމުން އަންނަ ވިހެއުމުގެ ޗުއްޓީ ފަނޑިޔާރުންނަށްވެސް ދިނުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅުނު އިސްލާހެކެވެ.

Advertisement

މި އިސްލާހަށް ވާހަކަދެއްކެވި މެމްބަރުން ވިދާޅުވީ، ފަނޑިޔާރުންނަށް ޗުއްޓީ ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާކަމަށެވެ. އެހެންނަމަވެސް މިހާރުވެސް ކޯޓުތަކުގައި މައްސަލަތައް ލަސްވަމުންދާކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަދި ވަޒީފާ އާއި ބެހޭ ޤާނޫނު ހިނގާ ހުރިހާ އެންމެންނަށް ލިބެން ޖެހޭ ޗުއްޓީގެ ވާހަކައެއް ގާނޫނެއްގައި އޮތުން މުހިންމު ކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.

ވިހެއުމާއި ގުޅިގެން ދައުލަތުގެ މުވައްޒަފުންނަށް ދޭ ޗުއްޓީ މިހާރު ލިބެނީ ސިވިލް ސާރވިސް މުވައްޒަފުންނާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށާއި ބައެއް މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް