ކ. މާލެ
|
7 މާރޗް 2022 | ހޯމަ 00:13
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުން
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުން
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން ޖެހުން
އިތުރު 729 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި
މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހީ 208 މީހުން

އިތުރު 729 މީހުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

އެޗްޕީއޭން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާޗް 5ވީ ހޮނިހިރު ދުވަހު މާލެ ސަރަހައްދުން 208 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާއިރު, އަތޮޅުތަކުން 521 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މިއާއެކު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 137،102ށް އަރާފައެވެ.

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހާފައިވަނީ 26 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 13 މީހުންނާއި އަތޮޅުތަކުން 13 މީހުންނެވެ. މިއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 371،224ށް އަރާފައެވެ.

މީގެ އިތުރުން 6 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން އެކަކާއި އަތޮޅުތަކުން 5 މީހުންނެވެ. ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،262ށް އަރާފައެވެ.

މިހާރު ރާއްޖޭގައި ޖުމްލަ 194 ވެކްސިން ސެންޓަރު ހުރިއިރު އޭގެ ތެރެއިން 9 ސެންޓަރު ހުރީ މާލެ ސަރަހައްދުގައެވެ. ބާކީ 185 ވެކްސިން ސެންޓަރު ގާއިމުކޮށްފައިވަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައެވެ.

- ކޮމެންޓް