ކ. މާލެ
|
4 މާރޗް 2022 | ހުކުރު 22:29
ކޮވިޑް-19 ވެކްސިން ޖެހުން
ކޮވިޑް-19 ވެކްސިން ޖެހުން
ރައީސް އޮފީސް
ކޮވިޑް-19 ވެކްސިން
އިތުރު 994 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި
މާލެ ސަރަހައްދުން 526 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވޭ

އިތުރު 994 މީހުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

އެޗްޕީއޭން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާރޗް 3 ވީ ބުދަ ދުވަހު މާލެ ސަރަހައްދުން 526 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާއިރު އަތޮޅުތަކުން 468 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މިއާއެކު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 136،373ށް އަރާފައެވެ.

ބުރާސްފަތި ދުވަހު ދެވަނަ ޑޯޒް ޖަހާފައިވަނީ 28 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 18 މީހުންނާއި އަތޮޅުތަކުން 10 މީހުންނެވެ. މިއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 371،198ށް އަރާފައެވެ.

މިދުވަހު 13 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 7 މީހުންނާއި އަތޮޅުތަކުން 6 މީހުންނެވެ. ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،256ށް އަރާފައެވެ.

މިހާރު ރާއްޖޭގައި ޖުމްލަ 194 ވެކްސިން ސެންޓަރު ހުރިއިރު އޭގެ ތެރެއިން 9 ސެންޓަރު ހުރީ މާލެ ސަރަހައްދުގައެވެ. ބާކީ 185 ވެކްސިން ސެންޓަރު ގާއިމުކޮށްފައިވަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައެވެ.

- ކޮމެންޓް