ކ. މާލެ
|
3 މާރޗް 2022 | ބުރާސްފަތި 23:05
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ، އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ އޭވިއޭޝަން ސެކިއުރިޓީ ޓީމާ ބައްދަލުކުރެއްވުން
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ، އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ އޭވިއޭޝަން ސެކިއުރިޓީ ޓީމާ ބައްދަލުކުރެއްވުން
މިނިސްޓްރީ އޮފް ޑިފެންސް
އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓު
ޑިފެންސް މިނިސްޓަރ މާރިޔާ، އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ އޭވިއޭޝަން ސެކިއުރިޓީ ޓީމާ ބައްދަލުކުރައްވައިފި
ވައިގެ ދަތުރުފަތުރުގެ ސަލާމަތާބެހޭ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް، ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ނިޒާމު ބައްޓަންކުރަން ނިންމާފައިވޭ

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ, އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ރީޖަނަލް މެނޭޖަރާއި ލިއެއިޒޯން އޮފިސަރާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޭވިއޭޝަން ސެކިއުރިޓީ އެސެސްމަންޓު ހެދުމުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ދެއްވި ފަންނީ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަތާބެހޭ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ނިޒާމު ބައްޓަންކުރަން ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އިނގިރޭސި ސަރުކާރުން ދޭ އެހީތެރިކަމަށްޓަކައި މިނިސްޓަރ މާރިޔާ ވަނީ އެގައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާގެ އަރިހުގައި، ޑިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް ހުސައިން ނަޒީފާއި، އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަހުމަދު ޝަރީފު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

- ކޮމެންޓް