Advertisement
ކ. މާލެ
|
2 މާރޗް 2022 | ބުދަ 07:17
ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވާހަކަދައްކަވަނީ
ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާ
ވޯޓުލާން ނިކުމެ ކުރެންދޫ ރައްޔިތުން ނަތީޖާ ސާފުކޮށްދީ: ޝިފާޒް
މި އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އަތޮޅު ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ ލިބިގެންދާނެ

ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަންގައި އިންތިޚާބުގައި ވޯޓުލާން ނިކުމެ، ނަތީޖާ ސާފުކޮށްދިނުމަށް ކުރެންދޫ ރައްޔިތުންގެ ކިބައިން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެދިވަޑައިގަންނަވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒް ވިދާޅުވީ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށާއި އެއީ އެހެން ޕާޓީއަކުން އުފަން ކުރުވި ވިސްނުމެއް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުން ބާރުވެރި ކުރުވުމަށް އެމްޑީޕީން އުފަން ކުރުވި ވިސްނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަށެއްގެ ރައްޔިތުންގެ ސީދާ މަސްލަހަތު ގުޅިފައި އޮތް ކަމެއްވާނަމަ ވޯޓުލާން ނުކުނަން ޖެހޭނެކަން ފާހަގަކުރައްވާ ޝިފާޒް ވިދާޅުވީ މި އިންތިޚާބު ކާމިޔާބު ކުރަންޖެހޭ ސަބަބަކީ މި ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ. އެހެންކަމުން ކުރެންދޫ ރައްޔިތުންގެ ފޯކަސް ގެއްލުވާ ނުލާ، މިއިންތިޚާބުގައި ވޯޓުލާން ނުކުމެ ނަތީޖާ ސާފުކޮށްދިނުމަށް ޝިފާޒް އެދިވަޑައިގެންނެވިއެވެ.

Advertisement

މި އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އަތޮޅު ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ ލިބިގެންދާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ މި ވޯޓަކީ ހަމައެކަނި ކުރެންދޫގެ ރައްޔިތުންނާއި ގުޅިފައި އޮތް ވޯޓެއް ނޫން ކަމަށާއި މިއީ މުޅި ޅ. އަތޮޅުގެ ރައްޔިތުންގެ ތަރައްޤީއާއި ގުޅިފައިވާ ވޯޓެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް