Advertisement
ކ. މާލެ
|
2 މާރޗް 2022 | ބުދަ 07:22
އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާގައި މާރިޔާ އަހްމަދު ދީދީ ވާހަކަ ދައްކަވަނީ
އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާގައި މާރިޔާ އަހްމަދު ދީދީ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާ
އިންތިޚާބުތައް ހިނގާއިރު ވާދަވެރިކަން ފެނުމުން މިކަމަށް ގޮތެއްވާނޭ ހީވިޔަސް، އެހެނެއް ނުވާނެ: މާރިޔާ
ޕާޓީގެ އެކުވެރިކަމާއި އެއްބާރުލުން ގެއްލުވާލަން ބައެއް މީހުން މަސައްކަތް ކުރޭ

އިންތިޚާބުތައް ހިނގާއިރު އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ފެނުމުން ގޮތެއްވާނެ ކަމަށް ބައެއް މީހުންނަށް ހީވިޔަސް އެކަން އެގޮތަށް ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާރސަން އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ކޮންމެ ފަހަރަކު ޕްރައިމަރީތައް ނިމިގެންދާއިރު އެ ޕްރައިމަރީއެއް ބޭނުންވަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ހިސާބަށް ކަންތައްތައް ދާ ކަމަށާއި ޕްރައިމަރީއަށް ފަހު އެކަކު ވެސް އެކުގައި ނުވާނެ ކަމަށް ހިތަށް އަރާ ފަހަރު ވެސް އަންނަ ކަމަށެވެ. އެހެންނަމަވެސް ވޯޓުލާ ހިސާބަށް ދިޔުމުން، ތިލަފަތަށް ވޯޓުލާ ތަން ފެންނަ ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement

ޕާޓީގެ އެކުވެރިކަމާއި އެއްބާރުލުން ގެއްލުވާލަން ބައެއް މީހުން މަސައްކަތް ކުރާ ކަމަށާއި އެއީ ވަރަށް މީހުން ހަސަދަވެރިވާ ކަމެއް މާރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީއަކީ ވަރަށް ފަރިތަކޮށް އިންތިޚާބުތަކަށް ކުރިމަތިލާ ވާދަވެރި މާހައުލެއްގައި ވާދަކޮށް، އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ކުރިއަށްދާ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަށް އޮތް ތާއީދު ބޮޑުކަމަށާއި ފާއިތުވި އެކި އިންތިޚާބުތަކުގައި މިކަން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް