ކ. މާލެ
|
1 މާރޗް 2022 | އަންގާރަ 23:21
ކޮވިޑް-19 ވެކްސިން ކާޑު
ކޮވިޑް-19 ވެކްސިން ކާޑު
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިން
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 132،723ށް
ހޯމަ ދުވަހު 2،093 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައި

ރާއްޖެއިން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 132,723ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, ހޯމަ ދުވަހު 2،093 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 385 މީހުންނާއި އަތޮޅުތަކުން 1708 މީހުންނެވެ.

ފުރަތަމަ ޑޯޒް 17 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 3 މީހުންނާއި އަތޮޅުތަކުން 14 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،214ށް އަރާފައެވެ.

ދެވަނަ ޑޯޒް 40 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 30 މީހުންނާއި އަތޮޅުތަކުން 10 މީހުންނެވެ. މިއާއެކު ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 371،091ށް އަރާފައެވެ.

މިހާރު ރާއްޖޭގައި ޖުމްލަ 194 ވެކްސިން ސެންޓަރު ހުރިއިރު އޭގެ ތެރެއިން 9 ސެންޓަރު ހުރީ މާލެ ސަރަހައްދުގައެވެ. ބާކީ 185 ވެކްސިން ސެންޓަރު ގާއިމުކޮށްފައިވަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައެވެ.

- ކޮމެންޓް