ކ. މާލެ
|
1 މާރޗް 2022 | އަންގާރަ 23:21
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 463 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 29 މީހުން

ރާއްޖެއިން އިތުރު 463 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން 2،804 ސާމްޕަލެއް ނަގާފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 504 ސާމްޕަލް ހިމެނެއެވެ.

ޖުމްލަ 2،804 ސާމްޕަލްގެ ތެރެއިން 463 މީހުން ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 382 މީހުންނެވެ. ހިންގަމުންދާ ރިސޯޓުތަކުން 21 މީހުންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 170،655 އަށް އަރާފައެވެ. އަދި 155،433 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އެކްޓިވް ކޭސްގެ ގޮތުގައި 14،912 ކޭސް ގުނަމުންދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު 13 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

މި ބަލީގައި މިހާތަނަށް 297 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ފަސްވަނަ ރާޅާއެކު ޖެނުއަރީ މަހުގެ ތެރޭގައި ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ދުވާލަކު 2500 އަށްވުރެ މަތީގައި ކޭސްތައް ރިޕޯޓު ކުރެވުނު ނަމަވެސް ފެބްރުއަރީ މަހު ކޭސްތަކުގެ އަދަދު ވަނީ މަދުވެފައެވެ.

- ކޮމެންޓް