Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
1 މާރޗް 2022 | އަންގާރަ 19:19
ފޭދޫގައި ތަރައްގީކުރާ ޕްރީ ސްކޫލް ފާރަށް ކަޅުތެޔޮ ޖަހާފައި
ފޭދޫގައި ތަރައްގީކުރާ ޕްރީ ސްކޫލް ފާރަށް ކަޅުތެޔޮ ޖަހާފައި
ސޯޝަލް މީޑިއާ
ށ. ފޭދޫގައި ތަރައްޤީ ކުރި ޕްރީރާ ސްކޫލް
ށ. ފޭދުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރު ހަޑިކުރާ މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ 28 އަހަރާއި 31 އަހަރުގެ ދިވެހި ދެފިރިހެނުން

ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި އެރަށުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ށ. ފޭދޫ ގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 28 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ދެ މީހުންނަކީ ވެސް ދިވެހި ދެ ފިރިހެނުންނެވެ.

Advertisement

ކޯޓުން އެމީހުންގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ވެސް ބަޔަކު ވަނީ އެ ޕްރީސްކޫލް ބޭރު ފާރަށް ކަޅުތެޔޮ ޖަހައި، ގެއްލުން ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް