ކ. މާލެ
|
1 މާރޗް 2022 | އަންގާރަ 09:34
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު- ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ 23 ފެބްރުއަރީ 2022 ގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު- ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ 23 ފެބްރުއަރީ 2022 ގައި
ރައީސް އޮފީސް
ރައީސްގެ ސިއްހީ ހާލުކޮޅު
ސަރޖަރީއަށްފަހު ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި
ރައީސް ސާލިޙު ގެންދަވަނީ އެމަނިކުފާނުގެ ޙާލުކޮޅާ ގުޅޭ މައުލޫމާތު ޓްވިޓަރ މެދުވެރިކޮށް އަމިއްލަފުޅަށް ހިއްސާ ކުރައްވަމުން
ތައިރޮއިޑް ފަރުވާއަކަށް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ 23 ފެބްރުއަރީ 2022 ގައި
އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ހޮސްޕިޓަލުން ދޫކޮށްލެއްވިކަން އިއުލާނު ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ތައިރޮޑް ސާޖަރީ ކާމިޔާބުކަމާއެކު ކުރައްވާފައިވާއިރު، ފަރުވާއަށްފަހު އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ 23 ފެބްރުއަރީ 2022 ގައެވެ. އެގޮތުން ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ މި ސަރޖަރީއަށްފަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ސަރޖަރީ ނިމިއްޖެކަމަށާއި މިހާރު ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށެވެ.

ރައީސް ސާލިޙު ގެންދަވަނީ އެމަނިކުފާނުގެ ޙާލުކޮޅާއި ގުޅޭ މައުލޫމާތު ޓްވިޓަރ މެދުވެރިކޮށް އަމިއްލަފުޅަށް ހިއްސާ ކުރައްވަމުންނެވެ. އެގޮތުން އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ހޮސްޕިޓަލުން ދޫކޮށްލެއްވިކަން އިއުލާނު ކުރައްވާފައެވެ. އަދި ޙާލުކޮޅު ރަނގަޅު ކަމަށާއި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަންނަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިލެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ސަރޖަރީ ކުރައްވާތީ 25 ފެބްރުއަރީގައި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ނާއިބު ރައީސް ފައިސަލް ނަސީމް ވަގުތީ ގޮތުން ޙަވާލުވެވަޑައިގެންނެވިއެވެ. އަދި އޮޕަރޭޝަނަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި އެމަނިކުފާނު އަލުން ވަނީ އެ ދުވަހު ޙަވާލުވެވަޑައިގަންނަވާފައެވެ.


Advertisement
- ކޮމެންޓް