ކ. މާލެ
|
28 ފެބްރުއަރީ 2022 | ހޯމަ 23:22
ކޮވިޝީލްޑް ވެކްސިން ފުރަތަމަ ފަހަރަށް ދައްކާލުން
ކޮވިޝީލްޑް ވެކްސިން ފުރަތަމަ ފަހަރަށް ދައްކާލުން
އަލްޖަޒީރާ
ކޮވިޑް-19 ވެކްސިން
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 130،630ށް
އާދިއްތަ ދުވަހު 1،740 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައި

ރާއްޖެއިން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 130,630ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, އާދިއްތަ ދުވަހު 1،740 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 386 މީހުންނާއި އަތޮޅުތަކުން 1354 މީހުންނެވެ.

ފުރަތަމަ ޑޯޒް 19 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 8 މީހުންނާއި އަތޮޅުތަކުން 11 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،197ށް އަރާފައެވެ.

ދެވަނަ ޑޯޒް 64 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 45 މީހުންނާއި އަތޮޅުތަކުން 19 މީހުންނެވެ. މިއާއެކު ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 371،051ށް އަރާފައެވެ.

މިހާރު ރާއްޖޭގައި ޖުމްލަ 194 ވެކްސިން ސެންޓަރު ހުރިއިރު އޭގެ ތެރެއިން 9 ސެންޓަރު ހުރީ މާލެ ސަރަހައްދުގައެވެ. ބާކީ 185 ވެކްސިން ސެންޓަރު ގާއިމުކޮށްފައިވަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައެވެ.

- ކޮމެންޓް