ކ. މާލެ
|
28 ފެބްރުއަރީ 2022 | ހޯމަ 22:38
މާލޭ މަގުމަތި
މާލޭ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 560 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 48 މީހުން

ރާއްޖެއިން އިތުރު 560 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން 3،484 ސާމްޕަލެއް ނަގާފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 637 ސާމްޕަލް ހިމެނެއެވެ.

ޖުމްލަ 3،484 ސާމްޕަލްގެ ތެރެއިން 560 މީހަކު ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 48 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 471 މީހުންނެވެ. ހިންގަމުންދާ ރިސޯޓުތަކުން 26 މީހުންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 170،192 އަށް އަރާފައެވެ. އަދި 154،864 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އެކްޓިވް ކޭސްގެ ގޮތުގައި 15،018 ކޭސް ގުނަމުންދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު 14 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

މި ބަލީގައި މިހާތަނަށް 297 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ފަސްވަނަ ރާޅާއެކު ޖެނުއަރީ މަހުގެ ތެރޭގައި ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ދުވާލަކު 2500 އަށްވުރެ މަތީގައި ކޭސްތައް ރިޕޯޓު ކުރެވުނު ނަމަވެސް ފެބްރުއަރީ މަސް ފެށުނު ފަހުން އަންނަނީ ކޭސްތައް މަދުވަމުންނެވެ.

- ކޮމެންޓް