Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2022 | ހޯމަ 18:35
އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ރާއްޖެއެމްވީ
އިންތިގެ ކެމްޕޭން
އިންތިގެ ކެމްޕޭން: ދަތުރުތައް ދެން އޮތީ އައްޑޫސިޓީއަށް
ފުވައްމުލަކު ސިޓީގައި ކުރިއަށް ދިޔަ ކެމްޕޭން ވަރަށް ކާމިޔާބު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕޭން އައްޑޫސިޓީގައި ފެށުމަށް ނިންމައިފިއެވެ.

އިންތިގެ ކެމްޕޭން ޓީމުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ފުވައްމުލަކު ސިޓީގައި ކުރިއަށް ދިޔަ ކެމްޕޭން ވަރަށް ފޯރިއާއެކު ކުރިއަށް ދިޔަ ކަމަށެވެ. މި ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މާލެސިޓީގައި ވެސް ޖަގަހަ ހުޅުވުމަށް ނިންމާފައިވާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ ކެމްޕޭން ހަރަކާތްތައް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔައިރު ވަރަށް ގިނަ މެމްބަރުންގެ ފަރާތުން ޝަކުވާ ލިބުނު އެއްކަމަކީ ވަކި މީހަކަށް ވޯޓު ނުލައިފިނަމަ ވަޒީފާގެ ބިރު ދާއްކާ ކަމަށް ބުނެ ކުރި ޝަކުވާއެވެ އަދި އެކަން އެގޮތަށް ނުކޮށް، ރީތި ގޮތުގައި ކެމްޕޭން ކުރުމަށް ވައްޑެ ވަނީ އެދިވަޑައިގެންފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުގެ އިންތިޚާބު ވަނީ ފަސްކޮށްފައެވެ. މީގެ ކުރިން މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ 28 ފެބްރުއަރީވާ ހޯމަ ދުވަހުއެވެ. މި އިންތިޚާބަކީ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރަކު ހޮވުމަށާއި، ޕާލިމެންޓަރީ ގްރޫޕުގެ 1 ވިޕްގެ މަގާމަށް މީހަކު އައްޔަނު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. މި އިންތިޚާބުގެ ވޯޓުލުން ދެން އޮންނާނީ 7 މާރޗުވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

Advertisement

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އިންތިޚާބުގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް 49 ވޯޓު ލިބިވަޑައިގެން މަގާމު ވަނީ ކަށަވަރުކުރައްވާފައެވެ. ދެން މި މަގާމަށް ވާދަ ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޙުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ 34 ވޯޓެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ދެ ޑެޕިއުޓީ ލީޑަރުން ތިއްބަވާނެއެވެ.

އެމްޑީޕީން ބުނީ 18 ފެބްރުއަރީ 2022 ވީ ހުކުރު ދުވަހު އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މަގާމްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގައި ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލެއްވި 3 ކެންޑިޑޭޓުންގެ ތެރެއިން 2 ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާއި ގުޅިގެން އެއްވަރުވި 2 ކެންޑިޑޭޓުންގެ މެދުގައި އަލުން ވޯޓުނެގުމާއި، ޕާލިމެންޓަރީ ގްރޫޕުގެ 1 ވިޕްގެ މަގާމް ހުޅުވާލާފައިވާ ކަމަށެވެ.

ވިޕުންގެ ގޮތުގައި 6 ބޭފުޅަކު އައްޔަން ކުރަން ހަމަޖެހިފައިވީ ނަމަވެސް، އެ މަގާމަށް ވާދަ ކުރެއްވީ 5 ބޭފުޅުންނެވެ. އަދި އެ 5 ބޭފުޅުން ވެސް ވަނީ ހޮވިވަޑައިގެންފައެވެ. އެއީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

ވިޕުންގެ ގޮތުގައި 6 ބޭފުޅަކު އައްޔަން ކުރަން ހަމަޖެހިފައިވީ ނަމަވެސް، އެ މަގާމަށް ވާދަ ކުރެއްވީ 5 ކެންޑިޑޭޓުން ކަމަށްވާތީ އިތުރު އެއް ބޭފުޅަކު މި މަގާމަށް ހޮވުމުގެ އިންތިޚާބުވެސް އޮންނާނީ 7 މާރޗުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް