ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 16:43
ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން
ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކޮވިޑުގެ އުސޫލަށް ބަދަލު ގެނައުން
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި
 
ބަލިޖެހިފައިވާ މީހަކާ ގުޅުމެއްނެތް ކޮވިޑް-19ގެ ކޭސްއެއް ނުވަތަ ކޭސްތަކެއް ޓެސްޓުގެ ނަތީޖާއަކުން ފެނިއްޖެ ނަމަ ބަލި ފެތުރޭކަމުގައި ކަނޑައެޅިދާނެ
 
ޞިއްޙީ ފަރުވާކުރުމުގެ ތެރެއިން ޓެސްޓުކޮށްގެން ކޮވިޑް-19ގެ ކޭސްއެއް ނުވަތަ ކޭސްތަކެއް ފެނިއްޖެ ނަމަ ބަލި ފެތުރޭކަމުގައި ކަނޑައެޅިދާނެ
 
ފާއިތުވި 1 ހަފްތާގެ މުއްދަތުގައި ހެދޭ ކޮވިޑް-19ގެ ޓެސްޓުތަކުގެ ސާމްޕަލް ޕޮޒިޓިވިޓީ %20 ނުވަތަ އެއަށްވުރެ މަތިވެފައިވާނަމަ ބަލި ފެތުރޭކަމުގައި ކަނޑައެޅިދާނެ

މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ކުރިން އަމަލުކުރަމުން އައި އުސޫލު އުވާލާ އައު އުސޫލަކަށް އަމަލުކުރަން އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އަމަލުކުރާ އުސޫލުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް، އާންމު ރައްޔިތުންގެ ޞިއްޙަތު ރައްކައުތެރިކުރުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން 25 މޭ 2021 ގައި ނެރުނު އެންގުމުގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް 2022 ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން އަމަލުކުރުން ހުއްޓާ ލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ތާރީޚުން ފެށިގެން މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ޓުއަރިސްޓް ރިސޯރޓްތަކުގައާޢި ހަދަމުންދާ ރިސޯރޓްތައް ފަދަ ރަށްރަށާއި އިންޑަސްޓްރިއަލް ރަށްރަށުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމުގައި އަމަލު ކުރާނީ އަލަށް އެކުލަވާލި އުސޫލާ އެއްގޮތަށް ކަމަށެވެ.

އަލަށް އަމަލުކުރަން އެންގި އުސޫލުގައި ބުނެފައިވަނީ ރަށެއްގައި ބަލިފެތުރުމުގެ ޙާލަތު އޮތްކަން ކަނޑައަޅާނީ ކަނޑައެޅިފައިވާ ގޮތުގެ މަތިން ބަލި ދެނެގަތުމަށް ޓެސްޓުކުރުމާއި ބަލިއުޅޭކަން ދެނެގަތުމަށް ކުރެވޭ ސަރވެއިލަންސްގެ މައުލޫމާތުގެ މައްޗަށް ބަލައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ކަމަށެވެ. ނުވަތަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާފައިވާ މިންގަޑުތަކާ އެއްގޮތްވާގޮތުގެ މަތިން އެ ރަށެއްގައި ހުންނަ ހޮސްޕިޓަލުން ނުވަތަ ޞިއްޙީ މަރުކަޒުންނެވެ. ސަރވެއިލަންސް ގައިޑްލައިން އާއި އެއްގޮތަށް ކޮންމެ ރަށެއްގައިވެސް ޓެސްޓް ކުރުމާއެކު ދުވަހުން ދުވަހަށް ބަލީގެ ހާލަތު ބަލަހައްޓާ، ޑޭޓާ އަޕްޑޭޓް ކުރަމުން ގެންދަންވާނެ ކަމަށް ބުނެފައިވެއެވެ. ބަލި ފެތުރެމުންދާ ހާލަތު ދެނެގަނެ ކަނޑައެޅުމުގައި ބޭނުންކުރާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާ ސަރވެއިލަންސް ގައިޑްލައިންއާ އެއްގޮތަށް ކަމަށާއ، ބަލި ފެތުރޭ ޙާލަތު ކަނޑައެޅުމުގައި ބަލާނީ 4 ކަމަކަށް ކަމަށް ބުނެފައިވެއެވެ.

ބަަލި ފެތުރޭ ޙާލަތު ކަނޑައެޅުމުގައި ބަލާ ކަންކަން

  • ބަލިޖެހިފައިވާ މީހަކާ ގުޅުމެއްނެތް ކޮވިޑް-19ގެ ކޭސްއެއް/ކޭސްތަކެއް ޓެސްޓުގެ ނަތީޖާއަކުން ފެނުން
  • ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރުމުން ކޮވިޑް-19ގެ ކޭސްއެއް ނުވަތަ ކޭސްތަކެއް ޓެސްޓުގެ ނަތީޖާއިން ފެނުން
  • ޞިއްޙީ ފަރުވާކުރުމުގެ ތެރެއިން ޓެސްޓުކޮށްގެން ކޮވިޑް-19ގެ ކޭސްއެއް ނުވަތަ ކޭސްތަކެއް ފެނުން
  • ބަލި އިތުރަށް ދެނެގަތުމަށް އެކްޓިވް ސަރވެލަންސްގެ ދަށުން ކުރެވޭ ޓެސްޓު ތަކުން ކޭސްތައް ފެނުން

އެޗްޕީއޭއިން ބުނީ މި 4 ކަންތަކަށް ބަލައި ފާއިތުވި 1 ހަފްތާގެ މުއްދަތުގައި ހެދޭ ކޮވިޑް-19ގެ ޓެސްޓުތަކުގެ ސާމްޕަލް ޕޮޒިޓިވިޓީ 20 އިންސައްތައަށް ނުވަތަ އެއަށްވުރެ މަތިވެފައިވާނަމަ އެ ރަށެއްގައި ބަލި ފެތުރޭކަމަށް ކަނޑައަޅައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ފިޔަވަޅުތައް އަޅަންވާނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޭސްތައް ފެނުމުން އެރަށަކީ ބަލިފެތުރެމުންދާ ރަށެއްކަމުގައި ކަނޑައެޅޭނެއެވެ. އަދި އެކަން ރަށުގެ އެހެން މީހުންނަށާއި ރަށަށް ދަތުރުކުރާ ފަރާތްތަކަށް އެންގުމަށްޓަކައި އާންމުކުރެވޭނެ ކަމަށެވެ. ބަލި ފެތުރެމުންދާ ރަށެއްގައި ދުވަހުން ދުވަހަށް ބަލީގެ ޙާލަތު ދާގޮތް މޮނިޓަރ ކޮށް ބަލަހައްޓަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
33%
67%
0%
0%
0%
0%
ކޮމެންޓް