ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 13:22
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މީގެ ކުރިން ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މީގެ ކުރިން ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
އެމްޑީޕީ
ރައީސް ސިންގަޕޫރަށް ވަޑައިގެންނެވުން
ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް
މި ޓްވީޓާއެކު ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ދަންނަވަމުން
ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް
ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގެންނެވޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ބޭސްފަރުވާއަކަށް ސިންގަޕޫރަށް ފުރާވަޑައިގަންނަވާކަން ހާމަ ކުރައްވައިފިއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ އެމަނިކުފާނު ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށްކަން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގަނެވޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މި ޓްވީޓާއެކު ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ދަންނަވަމުންނެވެ.

ރައީސް ސޯލިޙު ދާދި ފަހުންވެސް ނުރަސްމީ ދަތުރުފުޅެއްގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއެކު ސިންގަޕޫރަށް ވަޑައިގަންނަވާފައިވެއެވެ.


Advertisement
- ކޮމެންޓް