ކ. މާލެ
|
19 ފެބްރުއަރީ 2022 | ހޮނިހިރު 18:43
ނައިފަރުގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތައް ކައުންސިލާ ހަވާލުކުރުން
ނައިފަރުގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތައް ކައުންސިލާ ހަވާލުކުރުން
ޕްލޭނިން މިނިސްޓްރީ
ނައިފަރުގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތައް
ނައިފަރުގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތައް ކައުންސިލާ ހަވާލުކޮށްފި
 
ހައުސިންގ ޔުނިޓް ލިބޭ މީހުން ވަނީ ކަނޑައަޅާފައި
 
މިއީ 72.3 މިލިއަން ރުފިޔާގެ މަޝްރޫއެއް

ސަރުކަރުން ޅ. ނައިފަރުގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތައް އެރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.

ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އެރަށުގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓްގެ ތަޅުދަނޑި އެރަށު ކައުންސިލާ ހަވާލުކޮށްދެއްވީ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމެވެ. ތަޅުދަނޑި ހަވާލުކުރެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓުގެ އިމާރާތް އެޅުމުގެ މަސައްކަތް އާރްސީސީއާ ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މަސައްކަތް އާރްސީސީއާ ހަވާލުކުރީ 72.3 މިލިއަން ރުފިޔާ އަށެވެ. އެއީ 330 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

މިއީ 1000 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާރޓްމެންޓްތަކެކެވެ. މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރި މަޝްރޫއެކެވެ.

ނައިފަރު ކައުންސިލުން އާއްމު ކޮށްފައިވާ ލިސްޓްގައި, ހައުސިންގ ޔުނިޓަށް އެދުނު ފަރާތްތަކުގެ ތެރެއިން 741 މީހުންގެ ޝަރުތު ހަމަވާކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި 17 މީހުންނަށް ޔުނިޓް ލިބިފައި ނުވާއިރު 8 ފަރާތެއްގެ ފޯމް ވަނީ ބާތިލްކޮށްފައެވެ. ފޯމް ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވަނީ 91 ޕަސެންޓަށެވެ. މި ލިސްޓް އާންމު ކުރީ މި މަހުގެ ކުރީކޮޅުގައެވެ.

އެގޮތުން އެ ލިސްޓްގައި އެ ހުރިހާ މީހުންގެ ނަމާއި އެޑްރެހާއި އައިޑީކާޑްގެ މައުލޫމާތާއި އެފަރާތަކަށް ލިބިފައިވާ ޖުމްލަ ޕޮއިންޓްގެ އިތުރުން އެފަރާތްތަކާ ގުޅޭ އެހެނިހެން މައުލޫމާތުތައް ވެސް ވަނީ ހިމަނާފައެވެ.

ކޮމެންޓް
ގުޅުންހުރި
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ގިރާވަރު ފަޅުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއްގެ ވާހަކަ ރައީސް ދެއްކެވި އިރު އެކަން އޮތީ ޕްލޭން ކޮށްފައި - އަކްރަމް
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"