Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 18:18
ޕީޖީ ލީޑަރު ކަމަށް ވާދަ ކުރެއްވި އަސްލަމް (ވ) އަދި އާޒިމް (ކ) - މި މަގާމަށް އިންތިހާބު ކުރެއްވީ އަސްލަމް
ޕީޖީ ލީޑަރު ކަމަށް ވާދަ ކުރެއްވި އަސްލަމް (ވ) އަދި އާޒިމް (ކ) - މި މަގާމަށް އިންތިހާބު ކުރެއްވީ އަސްލަމް
ރާއްޖެއެމްވީ
އެމްޑީޕީ ޕީޖީ އިންތިހާބު
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އަސްލަމް
އަސްލަމް ޕީޖީ ލީޑަރުކަމަށް ހޮވިވަޑައިގެންނެވީ 15 ވޯޓުގެ ތަފާތުން 40 ވޯޓް ލިބިގެން
ޕީޖީ ޑެޕިއުޓީއަކަށް 2 ބޭފުޅުން ހޮވާއިރު، ވޯޓް އެއްވަރު ވެގެން އަދުން ހުސައިން އާއި އިލްޔާސް ދެވަނަ ބުރަކަށް ވަނީ ގޮސްފައި
6 ވިޕުން އިންތިހާބު ކުރާ އިރު، ކުރިމަތިލީ 5 މީހަކު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫއްޕުގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް ހޮވިވަޑައިގެންފިއެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫއްޕުގެ އިންތިހާބު 2022 ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ ޕާޓީގެ ޕީޖީ ލީޑަރުކަމަށް އަސްލަމް ހޮވިވަޑައިގެންނެވީ 40 ވޯޓުންނެވެ. އަސްލަމްގެ އިތުރުން މި މަގާމަށް ވާދަކުރެއްވި މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ އާޒިމް އަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.

ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް ކުރިމަތިލެއްވި 3 ބޭފުޅުންގެ ތެރެއިން އެ މަގާމަށް 2 ބޭފުޅަކު ހޮވާ އިރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް 49 ވޯޓު ލިބިވަޑައިގެން ވަނީ މަގާމު ކަށަވަރުކުރައްވާފައެވެ. ދެން މި މަގާމަށް ވާދަ ކުރެއްވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ 34 ވޯޓެވެ. އެހެންކަމުން ހުސައިން ޝަހީމާއި އިލްޔާސް ލަބީބު ދެވަނަ ބުރަކަށްދާނެއެވެ.

Advertisement

އަމީން އާންމުގެ މަގާމަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. އެއީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ. އޭނާއަށް 63 ވޯޓު ލިބިވަޑައިގެންނެވިއެވެ. ޑެޕިއުޓީ އަމީން އާންމުގެ މަގާމަށް ވާދަކުރެއްވި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ. ނިހާދަށް 35 ވޯޓު ލިވަޑައިގެންނެވި އިރު، މުއިއްޒަށް ލިބިވަޑައިގެންނެވީ 29 ވޯޓެވެ.

ޗީފް ވިޕުންގެ ގޮތުގައި 2 ބޭފުޅުން ކުރިމަތިލެއްވި އިރު، އެ މަގާމް ކަށަވަރު ކުރައްވާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު މުޣުނީއެވެ. މުޣުނީއަށް 34 ވޯޓ ލިބިވަޑައިގެންނެވި އިރު، ދެން އެމަގާމަށް ވާދަ ކުރެއްވި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާޢީ އަށް ލިބިވަޑައިގެންނެވީ 31 ވޯޓެވެ.

ޗީފް ވިޕުންގެ ގޮތުގައި 6 ބޭފުޅަކު އައްޔަން ކުރަން ހަމަޖެހިފައިވީ ނަމަވެސް، އެ މަގާމަށް ވާދަ ކުރެއްވީ 5 މީހުންނެވެ. އަދި އެ 5 ބޭފުޅުން ވެސް ވަނީ ހޮވިވަޑައިގެންފައެވެ. އެއީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. މި މަގާމަށް ވެސް އަދި އިތުރު ބޭފުޅަކު އައްޔަން ކުރުމަށް އިންތިހާބު ބޭއްވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް