Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 15:02
ރައީސް ނަޝީދު ވޯޓުލައްވަނީ
ރައީސް ނަޝީދު ވޯޓުލައްވަނީ
އެމްޑީޕީ
އެމްޑީޕީގެ ޕީޖީ ގްރޫޕް އިންތިޚާބު
އެމްޑީޕީގެ ޕީޖީ ގްރޫޕް އިންތިޚާބުގެ ވޯޓުލުން ފަށައިފި
ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:30ގެ ނިޔަލަށް
ޕީޖީ ގްރޫޕުގެ 15 މަގާމަކަށް މެމްބަރުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު 13:30 ގައެވެ. ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވަނީ ހަވީރު 17:30ގެ ނިޔަލަށެވެ.

ޕީޖީ ގްރޫޕުގެ 15 މަގާމަކަށް މެމްބަރުން ހުވުމުގެ އިންތިޚާބު ކުރިއަށްދާއިރު، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރުކަމަށް ކުރިމަތިލައްވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް އާއި މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްއެވެ.

Advertisement

ޕީޖީ ޑެޕިއުޓީ ލީޑަރ ކަމަށް ކުރިމަތިލައްވާފައިވަނީ މުޙައްމަދު ރަޝީދު ޙުސެއިން، ޙުސެއިން ޝަހީމް އަދި އިލްޔާސް ލަބީބެވެ. އަމީން ޢާންމުކަމަށް ކުރިމަތިލައްވާފައިވަނީ ޙުސެއިން މުހައްމަދު ދީދީ އެވެ. ޑެޕިއުޓީ އަމީން އާންމު ކަމަށް ކުރިމަތިލައްވާފައިވަނީ މުހައްމަދު ނިހާދު އާއި އިބްރާހީމް މުޢިއްޒުއެވެ.

ޗީފް ވިޕްލައިން ކަމަށް ކުރިމަތިލައްވާފައިވަނީ އަބްދުލް މުޣުނީ އާއި މުހައްމަދު ރާއީއެވެ.

ވިޕުންގެ 6 މަގާމަށް ކުރިމަތިލައްވާފައިވަނީ މުހައްމަދު ރާޝިދު، ހުސެއިން ޒިޔާދު، މުހައްމަދު ޝިފާއު، އަހުމަދު ޚައިތަމް އަދި މޫސާ ސިރާޖެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް