ކ. މާލެ
|
16 ފެބްރުއަރީ 2022 | ބުދަ 13:57
އިމްތިޔާޒު ފަހުމީ - މާފަންނު އުތުރު ދާއިރާގެ މެމްބަރު
އިމްތިޔާޒު ފަހުމީ - މާފަންނު އުތުރު ދާއިރާގެ މެމްބަރު
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ސްޕޯކްސްޕާރސަންގެ މަޤާމު
އެމްޑީޕީގެ ސްޕޯކްސްޕާރސަންގެ މަޤާމުން 10 އަހަރަށްފަހު އިންތި އިސްތިއުފާ ދެއްވައިފި
އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަށް އިންތިވަނީ ކުރިމަތިލައްވާފައި
ޕާޓީއަށް އަބަދުވެސް ކުރިއެރުމާ ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވި
އެމް.ޑީ.ޕީގެ ލީޑަރޝިޕާއި ސެކްރެޓޭރިއޭޓްގެ މުވައްޒަފުންނާއި މެމްބަރުންނާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތަކީ ސިޔާސީ ހަޔާތުގައި ލިބުނު ނުހަނު ބޮޑު ތަޖުރިބާއެއް

އެމްޑީޕީގެ ސްޕޯކްސްޕާރސަންގެ މަގާމު 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން ގެންދެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) 10 އަހަރަށްފަހު އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިންތި އެމަޤާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާރސަންގެ މަގާމަށް ކުރިމަތިލައްވާފައިވާތީއެވެ.

އިންތި އެމްޑީޕީ އޮފީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޗެއާޕާރސަންގެ އިންތިޚާބަށް ކުރިމަތިލާފައިވާތީ، 2012 ވަނަ އަހަރު އެމް.ޑީ.ޕީގެ ވެރިކަން ވައްޓައިލި ބަޣާވާތުން ފެށިގެން މިއަދާ ހަމައަށް އަދާކުރަމުންދިޔަ އެމް.ޑީ.ޕީގެ ސްޕޯކްސްޕާރސަންގެ މަގާމުން، އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

ސްޕޯކްސްޕާރސަންގެ މަޤާމުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެމް.ޑީ.ޕީގެ ލީޑަރޝިޕާއި ސެކްރެޓޭރިއޭޓްގެ މުވައްޒަފުންނާއި މެމްބަރުންނާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތަކީ ސިޔާސީ ހަޔާތުގައި ލިބުނު ނުހަނު ބޮޑު ތަޖުރިބާއަކާއި ޝަރަފަކާއި އުފަލެއްކަމަށް އިންތި ވިދާޅުވިއެވެ. އަދި ޕާޓީއަށް އަބަދުވެސް ކުރިއެރުމާ ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވެފައިވެއެވެ.

އޭޕްރީލް މަހުގެ 16 ގައި ބޭއްވުމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަށް އިންތިވަނީ ކުރިމަތިލައްވާފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު މި ބާއްވަނީ އެ މަޤާމުގައި ހުންނެވި ހެންވޭރު ހުޅަންގު ދާއިރާގެ މެންބަރު ހަސަން ލަޠީފްގެ ދައުރު މިި މަހުގެ 5 ވަނަ ދުވަހު ހަމަވުމާއި ގުޅިގެންނެވެ.

- ކޮމެންޓް