ކ. މާލެ
|
16 ފެބްރުއަރީ 2022 | ބުދަ 09:33
ޖަމާލުއްދީން ސްކޫލުގެ 37 ވަނަ އަހަރީ ދުވަސް ފާހަގަކުރުން
ޖަމާލުއްދީން ސްކޫލުގެ 37 ވަނަ އަހަރީ ދުވަސް ފާހަގަކުރުން
ސިމާހާ ނަސީމް
ޖަމާލުއްދީން ސްކޫލު
ޖަމާލުއްދީން ސްކޫލުގެ 37 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ސައިން ލެންގުއޭޖް ކްލަބް އިފްތިތާޙްކޮށްފި
 
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޒޯން ކޯޑިނޭޓަރ އަހްމަދު ނަސީމް

ޖަމާލުއްދީން ސްކޫލުގެ 37 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ޚާއްސަ އެސެމްބްލީއެއް ބާއްވާފިއެވެ.

މި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޒޯން ކޯޑިނޭޓަރ އަހްމަދު ނަސީމެވެ. އެސެމްބްލީގެ ތެރެއިން ސައިން ލެންގުއޭޖް ކްލަބެއް ވަނީ އިފްތިތާހުކޮށްފައެވެ. މި ކްލަބް އިފްތިތާހުކޮށްދެއްވީ އަހްމަދު ނަސީމެވެ.

އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވީ ސްކޫލެއްގެ އުމުރުން 37 އަހަރުވީއިރު އެންމެ ގިނަ ކާމިޔާބީ ހޯދާފައިވަނީ އެ ސްކޫލުން ކަމަށެވެ. ސްކޫލަށް ކާމިޔާބީ ހޯދައިދެނީ އެ ސްކޫލެއްގެ ދަރިވަރުން ކުރާ ބުރަ މަސައްކަތުން ކަމަށް ވެސް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކޫލް ލަވަ ސައިން ކުރީ އެ ސްކޫލުން ކަމަށާއި ޚާއްސަ އެހީއަށް ބޭނުންވެފައިވާ ކުދިންނާއެކު އެހެން ކުދިން ވެސް ކްލަބްގައި ބައިވެރިވުމަކީ އެ ކުދިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ޖަމާލުއްދީން ސްކޫލުގެ 37 ވަނަ އަހަރީ ދުވަސް ފާހަގަކުރުން

އެސެމްބްލީގައި ސްކޫލު ލަވަ ބޭންޑުން ކުޅެފައިވާއިރު މި ރަސްމިއްޔާތު ނިންމާލާފައިވަނީ ޤައުމީ ސަލާމުންނެވެ.

ޖަމާލުއްދީން ސްކޫލުގެ 37 ވަނަ އަހަރީ ދުވަސް ފާހަގަކުރުން

ޖަމާލުއްދީން ސްކޫލަކީ ސަރުކާރުގެ ސްކޫލުތަކުގެ ތެރެއިން ހުޅުވުނު ދެވަނަ ޕްރައިމަރީ ސްކޫލެވެ. މި ސްކޫލް ހުޅުއްވައިދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމެވެ. 1990 ވަނަ އަހަރު މި ސްކޫލްގެ ނަން ޖަމާލުއްދީން ޕްރައިމަރީ ސްކޫލުން "ޖަމާލުއްދީން ސްކޫލަށް" ވަނީ ބަދަލުކުރެވިފައެވެ. އަދި އެއަށްފަހު 1998 ވަނަ އަހަރު މި ސްކޫލްގައި އެންމެ ފުރަތަމަ ގްރޭޑް 6 އަކުން ފެށިގެން ކިޔަވައިދޭން ވަނީ ފަށާފައެވެ. އެއަށްފަހު 6 ފެބްރުއަރީ 2000 ވަނަ އަހަރު މި ސްކޫލްގެ ކިޔެވުން ޒަމާނީ ވަސީލަތްތަކަށް ބަދަލުކޮށް، އައު އިމާރާތުގައި ވަނީ ކިޔަވައިދޭން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް