ކ. މާލެ
|
15 ފެބްރުއަރީ 2022 | އަންގާރަ 19:41
ސަވާދީއްތަ ދަތުރުގެ ބައިވެރިން ނ.މަނަދޫގައި
ސަވާދީއްތަ ދަތުރުގެ ބައިވެރިން ނ.މަނަދޫގައި
ޓްވިޓަރ
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރު: މާދަމާ ބ.އަތޮޅަށް ފުރާނެ
އަންގާރަ ދުވަހު ނ.މަނަދޫއަށް ފަތުރުވެރިން ގެންގޮސްފައިވޭ
މަނަދޫގެ ކުރީގެ ސަރަހައްދެއް ކަމަށްވާ ވެޔޮވަޅު ސަރަހައްދުގެ މައުލޫމާތު ހިއްސާކޮށްފައިވޭ
އަންގާރަ ދުވަހުގެ ހަވީރު ލަންދޫ ރައްޔިތުން ބޮޑުބެރާއެކު ޚާއްސަ ބާބަކިޔުއެއް ދީފައިވޭ

މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޔޮޓް ރެލީގެ ޔޮޓްތައް ބުދަ ދުވަހު ބ.އަތޮޅަށް ފުރާނެ ކަމަށް އެކޯޕްރޭޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސަވާދީއްތަ ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ ލަންދޫ ފަޅުގައި ހުރިހާ ޔޮޓްތަކެއް ބަނދަރު ކޮށްފައިވާ ކަމަށާއި، އަންގާރަ ދުވަހު ނ.މަނަދޫއަށް ފަތުރުވެރިން ގޮސްފައިވާ ކަމަށެވެ. މަނަދޫއިން ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައިވާ ކަމަށާއި، މެންދުރު ދިވެހި ކެއުމެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކެއުން އޮތީ މަނަދޫގެ ބީޗްގައި ކަމަށާއި، ކެއުން ވަރަށް ފުރިހަމަ ކަމަށެވެ. މީގެ އިތުރުން މަނަދޫގެ ކުޅީގެ ސަރަހައްދެއް ކަމަށްވާ ވެޔޮވަޅު ސަރަހައްދަށް ފަތުރުވެރިން ގެންގޮސް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއިދު ވިދާޅުވީ އަންގާރަ ދުވަހު ހަވީރު ލަންދޫ ރައްޔިތުން ބޮޑުބެރާއެކު ޚާއްސަ ބާބަކިޔުއެއް ދީފައިވާ ކަމަށެވެ. އަންގާރަ ދުވަހުގެ ރޭ ލަންދޫގައި ތިބުމަށްފަހު ދެން ބައިވެރިން ބުދަ ދުވަހުގެ ހެނދުނު ބ.އަތޮޅަށް ދިއުމަށް ފުރާނެ ކަމަށް ރާއިދު ވިދާޅުވިއެވެ.

ރަށްރަށުގެ ރައްޔިތުންގެ ފަރާތުން މި ދަތުރަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ފަތުރުވެރިކަމަށް ބޭނުންވެފައިވާ މިންވަރު މިދަތުރުން ހާމަވާ ކަމަށެވެ.

މި ދަތުރުގެ ތެރެއިން ރާއްޖޭގެ ރަށްތައް އިޝްތިހާރުކޮށް އެރަށްތަކުގެ ޚާއްސަ ކަންކަން ފަތުރުވެރިން ދަނީ ބޭރުގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ބާއްވާ މި ރެލީގައި ޖުމްލަ 9 ޔޮޓެއް ބައިވެރިވިއެވެ. ނަމަވެސް މަގްބޫލު އުޒުރަކާއެކު ދެޔޮޓެއް ވަނީ ދަތުރާއި ވަކިވެފައެވެ. ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ މި ދަތުރާ ގުޅޭގޮތުން ރާއިދު ވިދާޅުވީ މިއަށްވުރެ މާ ފުރިހަމަކޮށް މިއަންނަ އަހަރު ވެސް މިރެލީ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އުންމީދަކީ މެދުނުކެނޑި ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް މިދަތުރުތައް ކުރިއަށް ގެންދެވުން ކަމަށެވެ.

އެޑިޓަރުގެ ނޯޓް:
- ކޮމެންޓް