ކ. މާލެ
|
27 މާރޗް 2023 | ހޯމަ 17:18
މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ
މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ
ރާއްޖެ އެމްވީ
ޑިންގީ ޖެޓީއެއްގެ ޚިދުމަތް
ހުޅުމާލެއަށް ޑިންގީ ޖެޓީއެއްގެ ޚިދުމަތް ބޭނުންވޭ: އެމްޑީ ރާއިދު
ހުޅުމާލެއަށް ގިނަ އުޅަނދުތަކުން ޗެކިންކުރޭ
ސަލާމަތްތެރިކަމާއެކު ޑިންގީ ބޭއްވޭނެ ގޮތެއް ނެތް
މިއީ ފަތުރުވެރިންގެ ކަންބޮޑުވުމެއް

ހުޅުމާލެއަށް ޑިންގީ ޖެޓީއެއްގެ ޚިދުމަތް ބޭނުންވާ ކަމަށް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާއިދު ވިދާޅުވީ ޔޮޓްތަކާއި، އެހެނިހެން ވެސް އުޅަނދުތަކުގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާއިރު، ޗެކިން ޕްއިންޓެއްގެ ގޮތުގައި ގާއިމް ކުރެވިފައިވަނީ ތިން ސަރަހައްދެއް ކަމަށެވެ. އެއީ އުލިގަމާއި، ހުޅުމާލެ، އަދި އައްޑޫ އަތޮޅު ގަމެވެ.

ހުޅުމާލެއަށް ގިނަ އުޅަނދުތަކުން ޗެކިންކުރާކަން ފާހަގަކޮށް ރާއިދު ވިދާޅުވީ އެކަށީގެންވާ ޚިދުމަތެއް ނުލިބޭ ކަމަށާއި، އެއީ ފަތުރުވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ޑިންގީއެއްގައި ހުޅުމާލެއަށް ފޭބި ނަމަވެސް ސަލާމަތްތެރިކަމާއެކު ޑިންގީ ބޭއްވޭނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަންގައި ވެސް މި މައްސަލަ ފާހަގަވުމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ޑިންގީ ޖެޓީއެއްގެ ޚިދުމަތް ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ.

ޑިންގީ ސަލާމަތްތަރިކަމާއެކު ބާއްވާލެވޭނެ ފަދަ ގޮތެއް ވެސް ހުޅުމާލޭގައި ނެތް. ވިޔަފާރިކޮށްލަން އެބަ ފައިބަން ޖެހޭ. ނޫނިއްޔާ ކެއުމަކަށް ނޫނިއްޔާ ކޮފީއެއް އެއްޗެއް ބޯލުމަށް ނޫނިއްޔާ ހިތްހަމަ ޖައްސާލަން ވެސް ހުޅުމާލެއަށް ފައިބަން އެމީހުން ބޭނުންވޭ. ބަލާއިރު އެފަދަ އެއްވެސް ޚިދުމަތެއް ލިބޭކަށް ނެތް. މިދެންނެވީ ޑިންގީ ޖެޓީއެއްގެ ޚިދުމަތް. އަޅުގަނޑުމެން ފުރަތަމަ ރެލީ ނިންމާފައި ވެސް އަޅުގަނޑުމެން މަޝްވަރާކުރެވުނު. މިހާރު ވެސް އަނެއްކާ އަޅުގަނޑުމެން ތަކުރާރުކޮށް އެކަން އެޗްޑީސީއަށް އެބަ ދަންނަވަން. ސަބަބަކީ އެބޭފުޅުން އެތަން ބަލަހައްޓަމުން އެގެންދަވަނީ. އެހެންވީމަ ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ލޯގޯ އަދި މީހުންނަށް ފެންނަ ހިސާބުގައި ބަހައްޓާލެމަކުން ލީޑިން ޑެސްޓިނޭޝަންއަކަށް ނުވޭ. މި ޚިދުމަތްތައް ލިބިގެން ލީޑިން ޑެސްޓިނޭޝަންއަށް ރާއްޖެ ވެގެންދާނީ
އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު

ރާއިދު ވިދާޅުވީ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި އެމީހުންނަށް ރަނގަޅު ފެންވަރުގައި ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށެވެ. ރާއިދު ވިދާޅުވީ ރާއްޖެއަށް މިގޮތަށް ޒިޔާރަތް ކުރާ ފަތުރުވެރިން ހުޅުމާލެއަށް ފައިބަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއީ އުދަނގޫ ގޮންޖެހުން ބޮޑު ކަމެއްގެ ގޮތުގައި ރާއިދު ފާހަގަކުރެއްވިއެވެ.

- ކޮމެންޓް