ކ. މާލެ
|
15 ފެބްރުއަރީ 2022 | އަންގާރަ 10:09
މުހައްމަދު އަބްދުﷲ ޝަފީޤް - ވެލިދޫ ދާއިރާގެ މެމްބަރު
މުހައްމަދު އަބްދުﷲ ޝަފީޤް - ވެލިދޫ ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލިސް
ކުދި އަދި މެދުފަންތީގެ ވިޔަފާރި
ބިދޭސީންގެ މައްސަލައަށް އެދެވޭ ހައްލު ނުލިބޭތީ ވިޔަފާރިވެރިންގެ ޝަކުވާ އިތުރުވޭ - ޝަފީގް
 
ސަރުކާރު އައީ ހެޔޮ ބަދަލުތައް ގެނައުމުގެ ވާހަކަ ދައްކައިގެން
 
އަލުން ކޯޓާ ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ވިޔަފާރިވެރިން އެބަތިބި
 
ބަންގްލަދޭޝްއިން ބިދޭސީ މަސައްކަތްތެރިން ނުގެނެވޭ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުންދޭ

ބިދޭސީންގެ މައްސަލައަށް އެދެވޭ ހައްލު ނުލިބޭތީ ވިޔަފާރިވެރިންގެ ޝަކުވާ އިތުރުވަމުން އަންނަކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހެޅި ބަހުސްކުރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޝަފީގް ވިދާޅުވީ، ބަންގްލަދޭޝްއިން ބިދޭސީ މަސައްކަތްތެރިކަން ނުގެނެވޭ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުން އަންނަ ކަމަށެވެ. ޝަފީގް ވިދާޅުވީ، މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްުލު ކުރާނެ ކަމަށް ބުނެ، ހައްލު ނުވެއްޖެނަމަ ވަޒީރު އިސްތިއުފާދޭން ވިދާޅުވެފައިވާއިރު އަދިވެސް ހައްލެއް ނާންނަ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ބޮއްސުންލައިގެން ދިޔައީ ކުރީގެ ސަރުކާރުގެ ސަބަބުން ކަމަށާއި، އެކަން ހައްލު ކުރުމަށް ކޯޓާ ދިނުން މަޑުޖައްސާލާފައިވާއިރު، އަލުން ކޯޓާ ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ވިޔަފާރިވެރިން އެބަތިބި ކަމަށެވެ. އަދި ދިގުލައިގެން ދާނަމަ ވިޔަފާރިތަކަށް ގެއްލުންވެ، ވިޔަފާރިވެރިންގެ ޝަކުވާ އިތުރުވަމުންދާނެ ކަމަށްވެސް މެމްބަރު ޝަފީޤު ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމި އޮތީ ސަރުކާރުން ދިން އެހީތެރިކަމުގެ ސަބަބުން ނަމަވެސް ބޭނުންވާ ހެޔޮ ބަދަލު ނާންނަ ކަމަށާއި ޝަފީގު ވިދާޅުވީ، މި ސަރުކާރު އައީ ހެޔޮ ބަދަލުތައް ގެނައުމުގެ ވާހަކަ ދައްކައިގެން ކަމުން އެކަން ކުރެވެން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުގެ ވަޒީރުންނަށް ކަންކަން ހައްލު ކުރެވޭނެ ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ ކަމަށްވެސް ވެލިދޫ ދާއިރާގެ މެމްބަރު ޝަފީގް ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް ހުށަހެޅުނު އިސްލާހަކީ، އެ ވިޔަފާރިތައް ގިންތި ކުރުމަށް ފަސޭހަވާނެ ގޮތަށް ހުށަހެޅިފައިވާ އިސްލާހެކެވެ. އަދި މި އިސްލާހާއެކު ވިޔަފާރިތައް ގިންތި ކުރުމަށް ފަސޭހަވެ އެންމެ ކުޑަ އުޖޫރަ ދިނުމަށް މަގުފަހިވެގެންދާނެއެވެ. ހަމަ މިއާއެކު އަލަށް ރަޖިސްޓްރީކުރާ ވިޔަފާރިތައް ގިންތި ކުރުމަށްވެސް ފަސޭހަވެގެންދާނެއެވެ.

މި އިސްލާހަކީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅިގެން ހުށަހެޅުނު އިސްލާހެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް