ކ. މާލެ
|
15 ފެބްރުއަރީ 2022 | އަންގާރަ 06:51
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން
ޓްރީ ޓޮޕް ހޮސްޕިޓަލް
ވެކްސިންގެ ތަފާސްހިސާބު
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ 108،670 އަށް އަރައިފި
އިތުރު 1،926 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައިވޭ
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،956 އަށް އަރާފައި
ވެކްސިންގެ ދެ ޑޯޒް 370،515 މީހަކު ޖަހާފައިވޭ

ކޮވިޑް-19 އިން ދިފާއުވުމަށް އިތުރު 1،926 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން އާދިއްތަ ދުވަހު މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 587 މީހުން ކަމަށެވެ. އަދި އަތޮޅުތެރެއިން 1،339 މީހަކު ބޫސްޓަރ ޑޯޒް ޖަހާފައިވެއެވެ. މިއާއެކު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 108،670 އަށް އަރާފައެވެ.

އާދިއްތަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 19 މީހުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާފައިވެއެވެ. އެއީ މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހި 11 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 8 މީހުންނެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 397،956 އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

އާދިއްތަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 66 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 45 މީހުންނާއި، އަތޮޅުތެރެއިން ދެވަނަ ޑޯޒް ޖެހި 21 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ވަނީ 370،515 އަށް އަރާފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހާދެމުންދާއިރު އެޗްޕީއޭއިން މިހާރު ގެންދަނީ އެޕޮއިންޓްމެންޓާ ނުލާވެސް ބޫސްޓަރ ޑޯޒް ޖަހައިދެމުންނެވެ.

- ކޮމެންޓް