Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2022 | އަންގާރަ 06:51
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ
ޕޮލިސް
ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން
ބޮޑީ ވޯން ކެމެރާ ބޭނުންކުރުން ބައެއް ހާލަތްތަކުގައި އިސްތިސްނާވޭ
ރެކޯޑް ނުކުރެވޭ ފަދަ ހާލަތްތަކުގައި ކެމެރާ ލެންސު މަތީގައި އަތް އެޅުން ނުވަތަ ކެމެރާ ނިއްވާލަންޖެހޭ
ވިކްޓިމަކު ނިވާކަން ކުޑަގޮތަކަށް ހުރުން ފަދަ ހާލަތް ތަކުގައި ކެމެރާ ބޭނުން ކުރުން އިސްތިސްނާވޭ
ކޮންމެ ސީންއެއްގައިވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރުން ލާޒިމް ނަމަވެސް އިސްތިސްނާ ބައެއް ހާލަތުތައް ހުރޭ

ބޮޑީ ވޯން ކެމެރާ ބޭނުންކުރުން ބައެއް ހާލަތްތަކުގައި އިސްތިސްނާވާނެ ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މަސައްކަތުގައި އުޅޭ ވަގުތު ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ބޮޑީ ވޯން ކެމެރާއަކީ ހުރިހާ ހާލަތެއްގައިވެސް ބޭނުންކުރަންޖެހޭނެ އެއްޗެއް ކަމަށެވެ. މިގޮތުން މުޒާހަރާތަކާއި، ގެވެށި އަނިޔާގެ ސީންތަކަށް ދާއިރު އަދި ކޮންމެ ސީން އަކަށް ދިޔަޔަސް ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ލާޒިމުވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

Advertisement

އެހެންނަމަވެސް ބައެއް ސީންތަކަށް އެޓެންޑުވާއިރު ބޮޑީ ވޯން ކެމެރާ ބޭނުންކުރުން އިސްތިސްނާވާނެ ކަމަށް އަމީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ވިކްޓިމަކު ނިވާކަން ކުޑަގޮތަކަށް ހުރުން ފަދަ ހާލަތްތައް ހިމެނޭކަމަށް ވިދާޅުވިއެވެ. އެފަދަ ހާލަތްތަކުގައި ކެމެރާ ލެންސު މަތީގައި އަތް އެޅުން ނުވަތަ ކެމެރާ ނިއްވާލަން ޖެހޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސީންތަކަށް އެޓެންޑުވާއިރު ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ 200 ކެމެރާއާއެކު ކަމަށެވެ. އެހެންކަމުން ކޮންމެ އޮފިސަރެއްގެ އަތުގައި ކެމެރާއެއް ނޯންނާނެ ކަމަށާ އަދި ކޮންމެ ސީންއެއް ރެކޯޑުކުރެވިގެންވެސް ނުދާނެ ކަމަށެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ސީންއަކަށް އެޓެންޑުވާއިރު ފުލުހުންގެ ގައިގައި ކެމެރާ ހަރުކޮށްފައި ހުންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ފުލުހުން ސީންއަކަށް ގޮސް، އެ ސީންއެއް ރެކޯޑުކުރާނަމަ ކެމެރާގެ ލެޑު ލައިޓުން ރެކޯޑު ކުރާކަން އެނގޭނެ ކަމަށް އަމީން ވިދާޅުވިއެވެ. މިގޮތުން ރެކޯޑުކުރާވަގުތު ކެމެރާގެ ލެޑު ލައިޓް ރަތްކުލައިން ދިއްލޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް