Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2022 | އާދީއްތަ 14:44
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ
ޕޮލިސް
ބޮޑީވޯން ކެމެރާ
އިތުރު 1200 ކެމެރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން – ފުލުހުން
ބޮޑީވޯން ކެމެރާ ހުރިހާ ރީޖަންއެއްގައި ބޭނުންކުރާނެ
ބޮޑީ ވޯން ކެމެރާ ފުރަތަމަ ބޭނުން ކުރަން ފަށާފައިވަނީ މާލެސިޓީ އާއި އައްޑޫ ސިޓީގައި

ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑީވޯން ނުވަތަ ގައިގަ ހަރުކޮށްފައި ހުންނަ ކެމެރާ ބޭނުންކުރަން ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ވަސީލަތް ބޭނުން ކުރުމަށްޓަކައި އިތުރު ކެމެރާތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުނީ 200 ކެމެރާއިން ކަމުގައި ވީނަމަވެސް، 1200 އިތުރު ކެމެރާ ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފަހަރު މާލެ ސަރަހައްދާއި އައްޑޫސިޓީގައި އެކަނި ބޭނުންކުރަން ފެށުނުކަމުގައިވީ ނަމަވެސް ކައިރި މުސްތަގުބަލެއްގައި ފުލުހުންގެ ހުރިހާ ރީޖަންއަކަށް ބޮޑީވޯން ކެމެރާ ފުޅާކުރަމުން ގެންދާނެ ކަމަށެވެ.

Advertisement

ސީޕީ ވިދާޅުވީ ކުރިއަށް އޮތްތާގައި ފްރަންޓްލައިން އަދި އޮޕަރޭޝަނަލް މަގާމުތަކުގައި މަސައްކަތްކުރާ އިތުރު ފުލުހުންނަށް ބޮޑީވޯން ކެމެރާ ހޯދައިދެއްވާނެ ކަމަށާއި، ސަރުކާރާއެކު އެ މަޝްވަރާ މިހާރު ވެސް ދަނީ ހިނގަމުން ކަމަށެވެ.

2020 ވަނަ އަހަރު ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމަށް ނިންމި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދިމާވި އިގްތިސާދީ ދަތިކަމާއެކު އެ މަސައްކަތް ފަސްކުރެވުނެވެ. އަދި މިދިޔަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނާ 200 ކެމެރާ ގެނެސް މިއަދު ވަނީ ރަސްމީކޮން ބޭނުން ކުރަން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް
6 އޯގަސްޓް 2022 | ހޮނިހިރު 09:04
އަހުމަދު ޝުޖާޢު
ކެމެރާގެ ބޭނުން ދުވަހަކުވެސް އާއްމު ރައްޔިތެއްގެ ކަމެއް ތަހުގީގު ކުރަން ޖެހޭޢިރު، ނުހިފޭނެ، ތި ބޮޑުންގެ ސަލާމަތަށް އެކަނި ބޭނުންހިފާ އެއްޗެއް…