ކ. މާލެ
|
12 ފެބްރުއަރީ 2022 | ހޮނިހިރު 22:54
ކޮވިޑް ބަލީގައި މަރުވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދަނީ
ކޮވިޑް ބަލީގައި މަރުވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދަނީ
ޅ. އަތޮޅު ހޮސްޕިޓަލް
ކޮވިޑް ބަލީގައި އިތުރު މީހަކު މަރުވުން
ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 288 އަށް އަރައިފި
ކޮވިޑްބަލީގައި މަރުވި މީހުންގެ އަދަދު 288 އަށް
ކޮވިދް ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މިމަހުގެ ދިހަ ވަނަ ދުވަހު
ކޮވިޑް ބަލީގައި ހޮނިހިރު ދުވަހު މަރުވެފައިވަނީ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެއް

ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ މީހަކު ހޮނިހިރު ދުވަހުގެ މެންދުރު 02:14 ގައި ނިޔާވެފައިވާކަމަށެވެ. އެއީ 72 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއީ ކޮވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި 288 ވަނަ މީހާއެވެ.

މިމަހުގެ 10 ވަނަ ދުވަހުވެސް ރާއްޖެއިން ވަނީ ކޮވިޑް ބަލީގައި މީހަކު ނިޔާވެފައެވެ. އެއީ ޏ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ކޮވިދަށް ފަރުވާ ދެމުންދިޔަ މީހެކެވެ.


Advertisement
- ކޮމެންޓް