ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 22:40
ކޮވިޑް19 އަށް ޓެސްޓުކުރުން
ކޮވިޑް19 އަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އިތުރު 986 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 206 މީހުން
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 156,903 އަށް އަރާފައެވެ
އެކްޓިވް ކޭސްގެ މިވަގުތުގެ ޖުމްލަ އަކީ 16,227 އެވެ

ރާއްޖެއިން އިތުރު 986 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ން ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން 3,936 ސާމްޕަލެއް ނަގާފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 1,274 ސާމްޕަލް ހިމެނެއެވެ.

ޖުމްލަ 3.936 ސާމްޕަލްގެ ތެރެއިން 986 މީހަކު ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 206 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 596 މީހުންނެވެ. ހިންގަމުންދާ ރިސޯޓުތަކުން 109 މީހުން ޕޮޒިޓިވްވެފައިވާއިރު، 72 މީހުން ޕޮޒިޓިވްވެފައިވަނީ ކޮން ސަރަހައްދަކުންކަން ދެނެގަނެވިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 156,903 އަށް އަރާފައެވެ. އަދި 140,376 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އެކްޓިވް ކޭސްގެ ގޮތުގައި 16,227 ކޭހެއް ގުނަމުންދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ 49 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި، މާލޭގެ ޕޮޒިޓިވްޓިވީ ރޭޓް ހުރީ 27 އިންސައްތައިގައި ކަމަށެވެ.

މި ބަލީގައި މިހާތަނަށް 287 މީހުން ވަނީ ނިޔާވެފައެވެ.

- ކޮމެންޓް