Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 19:17
ސަވާދީއްތަ ދަތުރުގެ ބައިވެރިން ނޮޅިވަރަންފަރުގައި
ސަވާދީއްތަ ދަތުރުގެ ބައިވެރިން ނޮޅިވަރަންފަރުގައި
އެމްއައިޓީޑީސީ
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ޚާއްސަކޮށްގެން ނޮޅިވަރަންފަރުގައި ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމާލައިފި
ދަތުރުގެ ބައިވެރިން ނ.ލަންދޫއަށް ދަތުރު ފަށާނީ އާދީއްތަ ދުވަހު
ދަތުރުގެ ބައިވެރިންވަނީ އެ ރަށުގެ ދަނޑު ހައްދާ ސަރަހައްދަށާއި ގެސްޓް ހައުސްއަކަށްވެސް ޒިޔާރަތް ކޮށްފައި
ސަވާދީއްތަ ދަތުރަކީ މުޅިދުނިޔެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ ޓުއަރިޒަމް އަދި ކަލްޗަރަލް ޓުއައެއް އެކެވެ

މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން - އެމް.އައި.ޓީ.ޑީ.ސީ.ގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޔޮޓް ރެލީގެ ބައިވެރިންނަށް ޚާއްސަކޮށްގެން ހދ. ނޮޅިވަރަންފަރުގައި ކުރިއަށްގެންދިޔަ ސަގާފީ ހަރަކާތްތައް ނިންމާލައިފިއެވެ. ސަވާދީއްތަ ދަތުރުގެ ނަމުން ނަންދީފައިވާ ޚާއްސަ ކަލްޗަރަލް ޓުއަރ ގައި ނޮޅިވަރަންފަރުގައި އޮންނަ ޚާއްސަ ބޮޑުމަސް ބޭނުމުގެ ހަރަކާތްތައްވެސް ވަނީ ދަތުރުގެ ބައިވެރިންނަށް ދައްކާލާފައެވެ. އެހެން ރަށްރަށާ ޚިލާފަށް ނޮޅިވަރަންފަރުގައި ބޮޑުމަހުގެ ހަރަކާތް ކުރިއަށްގެންދަނީ މޫދުގައެވެ. ދަތުރުގެ ބައިވެރިންވަނީ އެ ރަށުގެ ދަނޑު ހައްދާ ސަރަހައްދަށާއި ގެސްޓް ހައުސްއަކަށްވެސް ޒިޔާރަތް ކޮށްފައެވެ. ދެދުވަހުގެ މިހަރަކާތްތައް ނިންމާލުމުގެ ގޮތުންވަނީ ޚާއްސަ ބާބަކިއުއެއް އެ ރަށުގައި ބާއްވާފައެވެ.

ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރަށް ދަތުރުގެ ބައިވެރިން ދިއުމުން އެ ރަށުން ވަނީ ދަތުރުގެ ބައިވެރިންނަށް ދިވެހިންގެ ސަގާފީ ކަންކަން ދައްކާލާފައެވެ. އެގޮތުން ކުރީޒަމާނުގައި ދިވެހިންގެ އާދަކާދަތައް ހުންނަ ގޮތާއި ކޮށްއުޅުނު މަސައްކަތުގެ އިތުރުން ދިވެހިންގެ ދިރިއުޅެމުން އައި ގޮތް ދައްކާލާފައިވެއެވެ.

ދަތުރުގެ ބައިވެރިން ނ.ލަންދޫއަށް ދަތުރު ފަށާނީ އާދީއްތަ ދުވަހު ކަމަށް އެމްއަޓީޑީސީން މައުލޫމާތުދެއެވެ.

Advertisement

މި ދަތުރަކީ ރާއްޖޭގައި ސަގާފީ ފަތުރުވެރިކަން ކުރިއަރުވައި, ފަތުރުވެރިންނަށް އެ ތަޖުރިބާކޮށްލުމަށް އެމްއައިޓީޑީސީން ފަށާފައިވާ ރެލީއެކެވެ. މިދަތުރަށް "ސަވާދީއްތަ ދަތުރު"ގެ ނަން ދެވިފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ގެ ނަންފުޅަށް ނިސްބަތް ކޮށެވެ.

މިދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތައް ތާރީޚީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ސަވާދީއްތަ ދަތުރަކީ އެމް.އައި.ޓީ.ޑީ.ސީ.ގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޔޮޓް ރެލީއެކެވެ. އެމް.އައި.ޓީ.ޑީ.ސީ.ގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ގަސްތުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް, އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް