Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 13:23
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބް
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އިންތިޚާބްގައި ވޯޓްލުން ކުރިއަށްދާނީ 18 ފެބްރުއަރީ 2022 ވާ (ހުކުރު) ދުވަހު ހަވީރު 3:00ން ހަވީރު 6:00ށް

އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ 2022 ވަނަހައަރަށް މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް ބާއްވާ އިންތިޚާބް 18 ފެބްރުއަރީ 2022 ވާ (ހުކުރު) ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ވީމާ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް މެމްބަރުން 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން [email protected] އަށް ކުރިމަތި ލުމަށް އެދޭ ލިއުމާއެކު އައި.ޑީ ކާޑް ކޮޕީ އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

އެމްޑީޕީން ބުނީ މި އިންތިޚާބްގައި ވޯޓްލުން ކުރިއަށްދާނީ 18 ފެބްރުއަރީ 2022 ވާ (ހުކުރު) ދުވަހު ހަވީރު 3:00ން ހަވީރު 6:00ށް އެމް.ޑީ.ޕީ އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

Advertisement

ޕާލިމެންޓަރީ ގްރޫޕްއަށް މެންބަރުން އިންތިޚާބު ކުރާ މަޤާމްތަކުގެ ތެރޭގައި ހިމެނެނީ  ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ، ޕާލިމެންޓަރީ ގްރޫޕްގެ ޑިޕިއުޓީ ލީޑަރ، އަމީން އާއްމު، އަމީން އާއްމުގެ ނާއިބުގެ އިތުރުން ޗީފް ވިޕް އަދި 6 ވިޕުންނެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް މިހާތަނަށް 3 ފަރާތަކުން ވާދަކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. އެއީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި، ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފުގެ އިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމުރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް