ކ. މާލެ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 14:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު
ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތުން
ރައީސްގެ ދެކަނބަލުން، ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފައިވާއިރު އެ ދެކަނބަލުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ވެސް ލަންކާއަށް ނުރަސްމީ ދަތުރެއް ކުރައްވާފައެވެ.

މީގެ އިތުރުން އައު އަހަރާ ދިމާކޮށް ފުރާވަޑައިގެންނެވިއިރު، މިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު ވެސް ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންނެވިއެވެ. ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް ޞާލިޙް ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ. މި ބައްދަލުވުން އޮތީ، ކޮލަމްބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ. 


Advertisement
- ކޮމެންޓް