Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 09:53
އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
މުންޝިދް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް މިރޭ ޤައުމީ މަޖިލީހަށް ހުށައަޅަނީ
ޤައުމީ މަޖިލީހުގެ ބައްދަލުވުމުން އޮންނާނީ މިރޭ 08:30 ގައި
ޖުމްލަ 5 ހުށަހެޅުމެއް ހުށައަޅާނެ
އެތެރޭގެ އިންތިޚާބުތަކުގެ ތާރީޚު ކަނޑައެޅިގެންދާނެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް ބުރާސްފަތި ދުވަހުގެ ޤައުމީ މަޖިލީހަށް ހުށައެޅުމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ 08:30 ގައި އިސްކަންދަރު ސްކޫލުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް އޮންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ވިދާޅުވީ މި ބައްދަލުވުމުގައި 5 ހުށައެޅުމެއް ހުށައެޅިގެންދާއިރު، އެއީ އެމްޑީޕީގެ އެތެރޭގެ 5 އިންތިޚާބެއްގެ ތާރީޚުތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

Advertisement

ފުރަތަމަ އިންތިޚާބަކީ އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމުގެ އިންތިޚާބެވެ. އެގޮތުން މިހާރު ހުންނެވި ޗެއަރޕަރސަން ހަސަން ލަތީފުގެ މަޤާމުގެ މުއްދަތު ހަމަވަނީ މިހިނގާ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ދެވަނަ އިންތިޚާބަކީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުގެ އިންތިޚާބެވެ. އެއީ ދެއަހަރާއި ބައިގެ މުއްދަތަކަށް އިންތިޚާބު ކުރެވޭ މަގާމެކެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހޮވިވަޑައިގެންފައިވަނީ 2 ޖުލައި 2019 ގައެވެ. އޭގެ އިތުރުން 3 ވަނަ ހުށައެޅުމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް ތާރީޚެއް ކަނޑައެޅުމަށް ބޭއްވޭ ހުށައެޅުމެކެވެ.

މީގެއިތުރުން 4 ވަނަ އަދި ފަސްވަނަ ހުށަހެޅުމަކީ އަންހެނުންގެ ރޫހުގެ އިންތިޚާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް