ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 22:48
މާފުށީ ޖަލު
މާފުށީ ޖަލު
ރާއްޖެއެމްވީ
މާފުށީ ޖަލުގައި ކޮވިޑްގެ ހާލަތު
މާފުށީ ޖަލުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރެވިއްޖެ: ސީޕީ
ކޮވިޑަށް ޕޮޒިޓިވް ހުރިހާ ގައިދީން ވަނީ ބަލިން ފަސޭހަވެފައި
މާފުށީ ޖަލުން 272 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

މާފުށީ ޖަލުގައި ކޮވިޑް-19 ކޮންޓްރޯލްކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި އެޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ ޖެނުއަރީ 14 ވަނަ ދުވަހުއެވެ. މާފުށީ ޖަލުގެ ކޮވިޑްގެ ހާލަތު ހާމަކުރައްވަމުން ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އެޖަލުން ކޮވިޑަށް ޕޮޒިޓިވް ހުރިހާ ގައިދީން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. އަދި ކޮވިޑް ފެތުރުން ހުއްޓުވިފައިވާކަމަށެވެ.

ސީޕީ ވިދާޅުވީ 272 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އޭގެތެރެއިން ފެސިލިޓީއަކަށް ގެންގޮސްގެން ފަރުވާ ދޭން ޖެހުނީ އެންމެ ގައިދީއަކަށް ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ބާކީ ތިބި ގައިދީންނަށް ފަރުވާ ދީފައިވަނީ ޖަލުގައި ބައިތިއްބައިގެންނެވެ.

ޖަލުތަކުގެ ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ކަރެކްޝަންސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން, މިވަގުތު މާފުށީ ޖަލުގައި ވަނީ އެންމެ ދެ އެކްޓިވް ކޭހެވެ. އެއީ ޕްރިޒަން 2 އޮފިސަރުން ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ. މާފުށީ ޖަލުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރެވުނު ނަމަވެސް މާފުށީ ޖަލު ކުއްލި ހާލަތަށް ގެނައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މާލޭ ޖަލުގައި 9 ގައިދީއަކު ކަރަންޓީންކޮށްފައިވާކަމަށް ކަރެކްޝަންސްއިން ހާމަކޮށްފައިވެއެވެ. އަދި ޕްރިޒަން 2 އޮފިސަރުން ވަނީ ކަރަންޓީންކޮށްފައެވެ. މާލޭ ޖަލުގައި 8 އެކްޓިވް ކޭހެއް އުޅޭކަމަށް ކަރެކްޝަންސްއިން ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް