ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 00:00
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
ރާއްޖެއެމްވީ
ބައި އިލެކްޝަންތަކަށް ހުޅުވާލުން
2 ރަށެއްގެ ޑަބްލިޔުޑީސީ، އަދި ކުރެންދޫ ކައުންސިލުގެ ރައީސް އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަން މާރޗް 26ގައި
މިތިން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް 26 ވަނަ ދުވަހު
އިންތިޚާބަށް ކުރިމަތިލުމަށް ފެބްރުއަރީ 8ން ފެބްރުއަރީ 24ށް ވަނީ ފުރުސަތު ހުޅުވާލާފައި

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން, އަދި ދެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ބޭއްވުމަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.

އީސީން ހުޅުވާލާފައިވަނީ ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ބޭއްވުމަށެވެ. މިތިން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް 26 ވަނަ ދުވަހުއެވެ.

އީސީން ބުނީ ޅ. ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، ފެބުރުވަރީ 08ވާ އަންގާރަ ދުވަހުގެ 8:30ން ފެށިގެން، ފެބުރުވަރީ 24ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، ފެބުރުވަރީ 08ވާ އަންގާރަ ދުވަހުގެ 09:00ން ފެށިގެން، ފެބުރުވަރީ 24ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އިންތިޚާބަށް އެދޭ މީހުންގެ އެޕްލިކޭޝަން ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.

އިންތިޚާބުތައް އޮންނާނީ މާރޗް 26 ވަނަ ދުވަހުގެ 8:00އިން 15:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުތަކުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާރިޗު 28ވާ ހޯމަ ދުވަހުގައެވެ.

- ކޮމެންޓް