ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 10:02
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
އެސްޓީއޯ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ލަންކާ ރައްޔިތަކު ކޮވިޑު ބަލީގައި ނިޔާވެއްޖެ
އޭނާ ނިޔާވެފައިވަނީ 1 ފެބްރުއަރީގެ މެންދަމު 03:04 ގައި
އޭނާ ފަރުވާ ހޯދަމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި
ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 278ށް އަރާފައި

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ލަންކާ ރައްޔިތަކު ކޮވިޑު ބަލީގައި ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އޭނާ ނިޔާވެފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހު މެންދަމު 03:04 ގައި ކަމަށެވެ. އޭރު އޭނާ ފަރުވާ ހޯދަމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައިކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެއީ ސްރިލަންކާއަށް ނިސްބަތްވާ އުމުރުން 73 އަހަރުގެ ފިރިހެނެކެވެ.

މިމަރާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 278ށް އަރާފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަނީ އަނެއްކާވެސް ގޯސްވާން ފަށާފައެވެ. އެގޮތުން އެކްޓިވް ކޭސްތަކުގެ އަދަދު މަތިވެ، ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވާން ފަށާފައެވެ.


Advertisement
- ކޮމެންޓް