ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 05:46
ގޭގެއަށް ގޮސް ވެކްސިން ޖަހައިދިނުމުގެ ތެރެއިން
ގޭގެއަށް ގޮސް ވެކްސިން ޖަހައިދިނުމުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ގޭގެއަށް ގޮސް ކޮވިޑް ވެކްސިން ދޭން ފެށުން
ގޭގެއަށް ގޮސް ކޮވިޑް ވެކްސިން ދޭން ފަށައިފި
ގޭގެ އަށް ގޮސް އެނދުމަތިވެފައި ތިބޭ މީހުނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތްކުރާނީ ދަމަނަވެށިން
ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅައިގެން އެޕޮއިޓްމެންޓް ހެއްދޭނެ

މާލޭގައި ގޭގެ އަށް ގޮސް އެނދުމަތިވެފައި ތިބޭ މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ގޭގެ އަށް ގޮސް އެނދުމަތިވެފައި ތިބޭ މީހުނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތްކުރާނީ ދަމަނަވެށިން ކަމަށެވެ. އަދި ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް އެޕޮއިޓްމެންޓް ހެއްދޭނެކަމަށެވެ.

މީގެ ކުރިންވެސް ގޭގެ އަށް ގޮސް އެނދުމަތިވެފައި ތިބޭ މީހުންނަށް ކޮވިޑް ވެކްސިން ޖަހައިދީފައިވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް-19ށް ވެކްސިން ދެމުން އަންނައިރު މިހާތަނަށް ފުރަތަމަ ޑޯޒް 397،642 މީހުން ޖަހާފައިވެއެވެ. ދެވަނަ ޑޯޒް 369،883 މީހުން ޖަހާފައިވެއެވެ. ޖެނުއަރީ މަހުގެ 15 ވަނަ ދުުވަހުން ފެށިގެން ރާއްޖޭގައި އަންނަނީ އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ދެމުންނެވެ. އެގޮތުން މިހާތަނަށް 75،884 މީހުން ބޫސްޓަރ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ފުރިހަމަކުރިކަމަށް ބެލޭނީ ބޫސްޓަރ ޑޯޒް ޖެހުމުންކަމަށް ކަނޑައަޅާ އެކަމަށް މަޖުބޫރުކޮށްފައެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވަނީ ލުއިތަކެއްވެސް ކަނޑައަޅާފައެވެ.

- ކޮމެންޓް