ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 23:19
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު
މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 900އަށް ވެއްޓިއްޖެ
ފާއިތުވި 24 ގަޑިއިރު 6،403 ސާމްޕަލް ޓެސްޓްކޮށްފައިވޭ
މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 141،060އަށް އަރާފައި
މި ބަލީގައި 277 މީހުން ވަނީ ނިޔާވެފައި

ފާއިތުވި 24 ގަޑިއިރުތެރޭގައި މާލެ ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 931އަށް ވެއްޓިއްޖެއެވެ.

މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު 900އަށް ވެއްޓިފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން މާލެ ސަރަހައްދުން ރިޕޯޓުކުރި ކޭސްތައް ހުރީ 1،000އިން މަތީގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, ފާއިތުވި 24 ގަޑިއިރު 6،403 ސާމްޕަލް ޓެސްޓްކޮށްފައިވެއެވެ. އޭގެތެރެއިން 3,082 ސާމްޕަލަކީ މާލެ ސަރަހައްދުން ޓެސްޓްކޮށްފައިވާ ސާމްޕަލްތަކެވެ. މާލެ ސަރަހައްދުން ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 931 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުން 811 މީހުން ޕޮޒިޓިވްވެފައިވާއިރު، ހިނގަމުންދާ ރިސޯޓްތަކުން 63 މީހުން ޕޮޒިޓިވްވެފައިވެއެވެ. 375 މީހުން ޕޮޒިޓިވްވެފައި ވަނީ ކޮންތަނަކުން ކަމެއް ދެނެގަނެވިފައެއްނުވެއެވެ.

މިވަގުތު މާލެ ސަރަހައްދުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 30 އިންސައްތައިގައެވެ. އޭގެކުރީ 24 ގަޑިއިރު މާލޭގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 38 އިންސައްތައިގައެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 141،060އަށް އަރާފައެވެ. މީގެތެރެއިން 123،027 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު އެކްޓިވް ކޭހުގެ އަދަދަކީ 17،743އެވެ. މީގެތެރެއިން 63 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖެއިން 277 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

- ކޮމެންޓް