ކ. މާލެ
|
31 ޖެނުއަރީ 2022 | ހޯމަ 19:03
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު
މުހައްމަދު ޝަރުހާން
އިންޑިއާ އައުޓް ހުއްޓުވުން
އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ގާނޫނު ހެދޭނެ - ރީކޯ މޫސަ
ގާނޫނު ހަދާ މަޖިލީހަށް ގާނޫނެއް ނުހެދެނީ އިސްލާދީނުގެ އަސްލަކާ ޚިލާފުވާގޮތަށް
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ތައާރުޒުނުވާގޮތަށް ގާނޫނު ހެދޭނެ

"އިންޑިއާ އައުޓް" ކިއުން ހުއްޓުވަން ގާނޫނު ހެދޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ, އަދި ގާނޫނު އަސާސީ އިސްލާހު ކުރުމުގައި އިސްކޮށް އުޅުއްވި މޫސަ މިހެން ވިދާޅުވެފައިވަނީ, އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އިންޑިއާ އައުޓް ކެމްޕެއިން އަތޮޅު ތެރެއަށް ފުޅާކޮށްފައިވަނިކޮށެވެ. މީގެ އިތުރުން އިންޑިއާ އައުޓް ގޮވުން ހުއްޓުވުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން މަޖިލީހަށް ބިލެއް ވައްދަން ތައްޔާރުވެފައި ވަނިކޮށެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ގާނޫނު ހަދާ މަޖިލީހަށް ގާނޫނެއް ނުހެދެނީ އިސްލާދީނުގެ އަސްލަކާ ޚިލާފުވާގޮތަށްކަމަށާއި, އެނޫން ހުރިހާކަމެއްގައި ގާނޫނު ހެދޭނެ ކަމަށެވެ. އަދި އިންޑިއާއާއި އެހެން ގައުމެއްގެ އަބުރާ އިއްޒަތަށްޓަކައި ވެސް ގާނޫނުހެދޭނެ ކަމަށެވެ. މޫސަ ވިދާޅުވީ އެއްބަޔަކަށް މަގުމަތީގައި އެހެން (އިންޑިއާ އައުޓް) ގޮވެންޏާ، ނުގޮވާށޭ ވެސް ބުނެވޭނެ ކަމަށެވެ.

މޫސަގެ މި ވާހަކައާ ގުޅުވައި ޓްވިޓަރގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މޫސަ ވިދާޅުވީ, ގާނޫނު އަސާސީ ހަދާފަައިއޮތީ މުޅިދުނިޔެ އެއަށް ބޯލަނބަން ޖެހޭގޮތަކަށް ނޫން ކަމަށެވެ. އަހަރުމެން އަހަރެމެންގެ މިނިވަންކަމަށް ހުދޫދެއް ނުގެންގުޅުނަސް މިނިވަންކަމުގައި ހައްދެއް އޮންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވަނީ ރަޝިޔާއާމެދު އީޔޫއާއި އެމެރިކާގެ ވާހަކަތައް މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ.

މޫސަ ވިދާޅުވީ އަޅުގަނޑުމެންގެ އަމިއްލަ ގައުމަށް ނުވިސްނައި ހިތަށްއައިހާ އެއްޗެއް ގޮވާފައި, ވެރިކަންލިބޭ ކޮންމެ މީހަކު ގޮސް އިންޑިއާއާއި ޗައިނާގެ އުނގުގައި ތިބެފައި, އިންތިޚާބީ ވައުދުފުއްދަން އެމީހުންއަތުން ދަރަނިނަގައި އެމީހުންގެ މިލިޓަރީ މިތަނަށްއަރުވާފައި ދެން ކޮން އައުޓެއްތޯ ސުވާލު އުފައްދަވާފައެވެ.

މޫސަ އިޝާރާތް ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރާއި، ހަދިޔާކުރާނެކަމަށް ބުނި ޑޯނިއާ މަތިންދާބޯޓާއެކު ރާއްޖޭގައި އެ އުޅަނދުތައް ބަަލަހައްޓަން އިންޑިއާގެ ސިފައިންގެ ޓެކްނިކަލް މީހުން ތިބި ވާހަކައަށެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ އިންޑިއާ އައުޓް ގޮވުން ހުއްޓުވާ ގާނޫނާ ފުށުއަރާނެކަމަށް ދެކެވުނު ވާހަކައާއި ގުޅިގެން މޫސަ ވިދާޅުވީ, ރައްޔިތު އެންމެން ޒިންމާވާންޖެހޭ ދިވެހިދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލް ރައްކައުތެރިކޮށް ހިމާޔަތްކުރުމާއި، ގާނޫނަކުން ނަމަވެސް, ގައުމާ ރައްޔިތުންގެ ހައްގުގައި އެއިރެއްގައި ކުރަންޖެހުނު ކޮންމެ ކަމެެއް ކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރިއިރު އިންނެވި ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

- ކޮމެންޓް
1 ފެބްރުއަރީ 2022 | އަންގާރަ 08:22
ނާޒިމު ޓީ.ޓީ ޕާތީ
މިހިރަ ދެމޫނުގެ ގެވެރިޔާ ރީކޯމޫސަވަރުގެ ހަރާމުކޯރެއްނުދެކެން ބަލަރައިސްނަޝީދު ވެރިކަމުގަ ނުހައްގުންހޯދިފައިސާ ރައީސްޔާމީނުގެވެރިކަމުގާ ހޯދިރައްތަކާ ރައީސް ސޯލިހުގެވެރިކަމުގާ މިހާރުހޯދާ ނާޖާއިދުކަންތައްކޮބައި ވިސްލާތި މާތްﷲގެއިރާދަފުޅާއެކު ތިޔައީވަގުތީކަމެން ތަލާގަޑުހިފައިގެން ދާތަން ފެންނާނެ ތިގޮތައްފުއްޕާފައި ކިތައްމަހުޖަނުންއުޅުނުތަ ؟؟ކޮބައިބުރުމާގާސިމު މިހާރު ނިކަމަތިވާތަންފެނޭތަ މިހިރަލަދުކުދަރީކޯސްއައް؟؟ވަގުތީކަމެކަންނުދަންނަތަ؟ ތިގޮތަފިރުއަނުވެސްގަދަދެއްކި ނިމުނުގޮތްތާރީހުތަކުންއިބުރައްހޯދާ މިހިރަލަދުކުދާރީކޯ؟؟