ހދ. ކުޅުދުއްފުށި ސިޓީ
|
31 ޖެނުއަރީ 2022 | ހޯމަ 12:55
ފޮނަދޫ މަގުހެދުމުގެ މަސައްކަތް ކުރިއަށް ދަނީ
ފޮނަދޫ މަގުހެދުމުގެ މަސައްކަތް ކުރިއަށް ދަނީ
އެމްޓީސީސީ
ފޮނަދޫ މަގުހެދުމުގެ މަޝްރޫއު ދެވަނަ ފިޔަވަހި
ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
ފުރަތަމަ ފިޔަވަހީގެ ދަށުން ރަށުގެ 13 މަގެއް ތާރު އަޅައިގެން ވަނީ ތަރައްގީކޮށްފައި
ދެވަނަ ފިޔަވަހީގެ މަޝްރޫއަކީ 53.99 މިލިއަން ރުފިޔާގެ މަޝްރޫއެއް

ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަަނަ ފިޔަވަހީގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް އެމަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތްކަމުގައެވެ.

އެ މަޝްރޫއުގެ ދެވަަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ، ޖަނަވަރީ 20، 2021 ގައެވެ. މިއީ 53.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިދިޔަ މަހުގެ ތެރޭގައި މަސައްކަތް ފެށި އެ މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މަގުތައް ހަލާކުވެ އަޑިގުޑަންވުމާއި އަދި ފެންބޮޑުވުމުގެ މައްސަލަ ބޮޑުވެ ފޮނަދޫގެ މަގުތައް ފުރަތަމަ ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ. ނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައިވަނިކޮށް، އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން އަލުން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިންމައި، އެ މަގުތައް ބޭނުންކުރަން ފަށާފައިވާ އިރު، ފުރަތަމަ ފިޔަވަހީގެ ދަށުން ރަށުގެ 13 މަގެއް ތާރު އަޅައިގެން ވަނީ ތަރައްގީކޮށްފަ އެވެ. އެއީ 3.5 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެވެ.

- ކޮމެންޓް