ކ. މާލެ
|
30 ޖެނުއަރީ 2022 | އާދީއްތަ 13:48
ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހި ކުރުމަށް އެމްއޯޔޫތަކެއްގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހި ކުރުމަށް އެމްއޯޔޫތަކެއްގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ރާއްޖެއާއި ތުރުކީއާއި ދެމެދު އެއްބަސްވުންތަކެއް
ދިވެހިންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފްކުރުމަށް ޚާއްސަ އެެއްބަސްވުމެއް
ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށް މަސައްކަތް ކުރެވިގެންދާނެ
ރާއްޖޭގެ އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފްކުރުމަށް މަގުފަހިވެގެންދާނެ
ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް މުހައްމަދު ތާރިޤް

ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ސަޤާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް މުހައްމަދު ތާރިޤްއެވެ. އަދި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝަގްލޫއެވެ.

މި އެއްބަސްވުމުގެ ދަށުން ތުރުކީ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ސަޤާފަތް ދިރުވައި އާލާކޮށް ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށް މަސައްކަތް ކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެއިތުރުން ރާއްޖޭގެ އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފްކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަމައެއާއެކު މިއުޒިކާއި ވިޝުއަލް އާޓްސް އަދި ޕަރފޯމިން އާޓްސް ފަދަ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުމަށް ތުރުކީވިލާތުގެ އެހީތެރިކަން ލިބޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ އާސާރީ ތަންތަނާއި ސަޤާފީ ތަރިކަތައް ރައްކާތެރިކުރުމަށް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ޚާއްސަކޮށްގެން، ވިލާތުގެ އިއްތިހާދާއި ގުޅިގެން ވެބްސައިޓެއްވެސް ވަނީ އާއްމުކޮށްފައެވެ. ޢަދި މި ދެ އަހަރުގެ ތެރޭގަައި ރާއްޖޭގައި ހުރި ތަރިކަތައް ވާރލްޑް ހެރިޓޭޖް ލިިސްޓަށް އެރުވުމަށް އަމާޒު ހިފައިގެން ހެރިޓޭޖް މިިނިސްޓްރީންވެސް ދަނީ މަސައްކަތްތައް ކުރަމުންނެވެ.

- ކޮމެންޓް