ކ. މާލެ
|
29 ޖެނުއަރީ 2022 | ހޮނިހިރު 05:19
ސައުދީގެ ކޮންޓެކްޓް ޓްރޭސިންގ އެޕްލިކޭޝަން
ސައުދީގެ ކޮންޓެކްޓް ޓްރޭސިންގ އެޕްލިކޭޝަން
ސައުދީގެޒެޓް
ހައްޖާއި އުމްރާގެ އަޅުކަން
ދެވަނަ ޑޯޒް ޖެހުމަށްފަހު އަށްމަސް ވެއްޖެނަމަ ހައްޖާއި އުމްރާއަށް ދެވޭނީ ބޫސްޓަރ ޑޯޒް ޖަހައިގެން
"ތަވައްކަލްނާ" ގައި ވެކްސިން ފުރިހަމަވެފައިވާކަމަށް ބަލާ މިންގަނޑަށް ފެބްރުއަރީ 1ން ފެށިގެން ބަދަލު އަންނާނެ
އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ފުރިހަމަވެފައިވާކަމަށް އެޕްލިކޭޝަނުން ފެންނާނީ ދެވަނަ ޑޯޒް ޖަހާތާ އަށް މަސްވެފައިނުވާނަމަ
ދެ ޑޯޒް ފުރިހަމަކޮށްފައި ވާތާ 8 މަސް ވެފައިވާނަމަ ވެކްސިން ޖަހާފައިވާކަމަށް އެޕްލިކޭޝަނުން ދައްކާނީ އެމީހަކު ބޫސްޓަރ ޑޯޒް ޖަހާފައިވާނަމަ

ކޮވިޑް-19ގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ފާއިތުވެފައިވާނަމަ ބޫސްޓަރ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ނުދެވޭގޮތަށް އެގައުމުން އުސޫލު ބަދަލުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއަރ އާ ހަވާލާދީ ސައުދީ ގެޒެޓްގައި ބުނެފައިވަނީ އެގައުމުގެ ކޮންޓެކްޓް ޓްރޭސިންގ އެޕްލިކޭޝަން "ތަވައްކަލްނާ" ގައި ވެކްސިން ފުރިހަމަވެފައިވާކަމަށް ބަލާ މިންގަނޑަށް ފެބްރުއަރީ 1ން ފެށިގެން ބަދަލު އަންނާނެކަމަށެވެ. އެގޮތުން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ފުރިހަމަވެފައިވާކަމަށް އެޕްލިކޭޝަނުން ފެންނާނީ ދެވަނަ ޑޯޒް ޖަހާތާ އަށް މަސްވެފައިނުވާނަމައެވެ. ދެ ޑޯޒް ފުރިހަމަކޮށްފައިވާތާ 8 މަސް ވެފައިވާނަމަ ވެކްސިން ޖަހާފައިވާކަމަށް އެޕްލިކޭޝަނުން ދައްކާނީ އެމީހަކު ބޫސްޓަރ ޑޯޒް ޖަހާފައިވާނަމައެވެ.

މިއުސޫލަށް އަމަލުކުރަން ފެށުމުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ނޫނީ އާންމު ތަންތަނާއި، ފެސިލިޓީތަކާއި، ކުޅިވަރުކުޅެ މުނިފޫހިފިލުވާ ތަންތަނާއި، މަތިންދާ ބޯޓާއި އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންނުކުރެވޭގޮތަށް ސައުދީން ވަނީ ނިންމާފައެވެ. ސައުދީން މިގޮތަށް ނިންމާފައިމިވަނީ ބޫސްޓަރ ޑޯޒް ޖެހުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ސައުދީގައި އެއްތަނަށް އަނެއްތަނަށް ވަދެ ނިކުމެވޭނީ މި އެޕްލިކޭޝަން ބޭނުންކޮށްގެން އެމީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަށްފަހުއެވެ.

ސައުދީގެ އެސިސްޓެންޓް މިނިސްޓަރ އޮފް ހެލްތު ޑރ މުހައްމަދު އަލް އަބްދަލީ ވިދާޅުވީ އެޕިޑެމިއޮލޮޖިކަލް ކާވްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު މަދުކަމަށް ފެންނަކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބާ ފުރިހަމައަށް ތަބާވުމުން ކޮވިޑްގެ ހާލަތު ރަނގަޅުވާނެކަމަށްވެސް އެސިސްޓެންޓް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް