ކ. މާލެ
|
27 ޖެނުއަރީ 2022 | ބުރާސްފަތި 21:33
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން
ފޯކައިދޫއާ މާލެއާ ދެމެދު މައިގަނޑު ގޮތެއްގައި އޮތީ އެންމެ ދެ ތަފާތު: ޝިފާޒު
 
ފޯކައިދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދޭ
 
ތަރައްގީ ގެނައުމަށް އިސްކަން ދެނީ ޖަޒީރާވަންތަކޮށް
 
ފޯކައިދޫ ކުރިއާ އަޅާބަލާއިރު މިހާރު ވަރަށް ތަފާތު

ށ. ފޯކައިދޫއާ މާލެއާ ދެމެދު މައިގަނޑު ގޮތެއްގައި އޮތީ އެންމެ ދެ ތަފާތު ކަމަށާއި، ކުރިއާ އަޅާބަލާއިރު މިހާރު ވަރަށް ބޮޑަށް ތަރައްގީވަމުންދާ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައި ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ޝިފާޒު ވިދާޅުވީ, ފޯކައިދޫއަށް ވަޑައިގެންނެވޭތާ ގާތްގަނޑަކަށް 16 ވަރަކަށް އަހަރު ވެފައިވާ ކަމަށާއި، ކުރިއާ އަޅާބަލާއިރު ބޮޑު ތަފާތެއް ފެންނަ ކަމަށެވެ.

މާލެއަށް އިޝާރާތްކުރައްވައި ޝިފާޒު ވިދާޅުވީ, މާލެއާ ފޯކައިދޫއާ ދެމެދު ތަފާތެއްގެ ގޮތުގައި މައިގަނޑު އޮތީ ދެކަމެއް ކަމަށެވެ. އެއީ މަގުތަކުގައި ތާރުއަޅާފައި ނެތުމާއި ރުއްގަސް ގިނަކަން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

ފޯކައިދޫއަށް އާދެވޭތާ ގާތްގަނޑަކަށް 16 ނުވަތަ 17 އަހަރު ވެއްޖެ. ކުރީގައި ފޯކައިދޫއަށް އަޅުގަނޑުމެން އަންނައިރު ފޯކައިދޫއާ މިހާރު މިފެންނަ ފޯކައިދޫއާ އަޅާކިޔާލަންޖެހޭ ކޮންމެވެސް ވަރަކަށް. ދޮގު ނުހަދާ މީހަކު އެއްޗެއް ދަންނަވަނީ ނަމަ ދެންނެވޭނީ މާލެއާ ފޯކައިދޫއާ މިވަގުތު ތަފާތެއް ގޮތުގައި ދައްކާލަން ޖެހޭ އޮތީ އެންމެ ދެކަމެއް. މަގުތަކުގައި ތާރުއަޅާފައި ނެތް ކަން. ރުއްގަސް ގިނަކަން އެކަނި. އެހެންނޫނީ އަނެއްހެން މަދުވާ ކަމެއް އިރާދަކުރެއްވީތީ ނެތް. ޖަޒީރާ ދިރިއުޅުމަކަށް އަޅުގަނޑުމެން އެދޭ ވަރުން ތާރު އެޅުމަކީ މުހިންމު ކަމެއް ނޫން. ރުއްގަސް ކެނޑުމަކީ މުހިންމު ކަމެއް ނޫން. މިހިޔާވަހިކަމާއެކު މިރަށް ތަރައްގީވެގެންދާނެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

ޝިފާޒު ވިދާޅުވީ މިސަރުކާރުގައި މުޅި ރާއްޖެއަށް ތަރައްގީ ގެނައުމަށް އިސްކަން ދެނީ ޖަޒީރާވަންތަކޮށް ކަމަށާއި، އެގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި މިއަދު ފޯކައިދޫއަކީ ވެސް ޚާއްސަ ރަށެއް ކަމަށާއި، ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. ފޯކައިދޫގެ އިތުރުން އަތޮޅުތެރޭގެ އެހެން ރަށްތަކަށް ވެސް މިސަރުކާރުން އިސްކަންދޭކަން ޝިފާޒު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް