ކ. މާލެ
|
26 ޖެނުއަރީ 2022 | ބުދަ 18:45
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ އިބްރާހިމް ހޫދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ އިބްރާހިމް ހޫދު
ރައީސް އޮފީސް
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް: ބަލަންޖެހޭ ކަންކަން ބަލާފައި އެކަންކަން ހަރުދަނާ ކުރާނަން – ރައީސް އޮފީސް
މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ، 50 ޕޮއިންޓުން ދަށުން ސްކޯ ކުރާ ތިންބައިކުޅަ ދެބައި ގައުމުގެ ތެރޭގައި
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 10 ޕޮއިންޓް ދަށްވުމަކީ އެކަމާ ކަންބޮޑުވާ ކަމެއް

ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި)އިން ރާއްޖެއިން ނިމިދިޔަ އަހަރު 3 ޕޮއިންޓް ދަށްވެ، 10 ގިންތި ދަށަށް ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަންކަން ބަލާ ހަރުދަނާކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ސީ.ޕީ.އައި.އަކީ ދުނިޔޭގެ 180 ގައުމެއްގައި, ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 - 100) ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.

ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީ.އައި)ގެ ފަރާތުން ނެރުނު ސީ.ޕީ.އައި އަންގާރަ ދުވަހު އާންމުކޮށްފައިވާއިރު، މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓުން ދަށުން ސްކޯ ކުރާ ތިންބައިކުޅަ ދެބައި ގައުމުގެ ތެރޭގައެވެ.

މިކަމާގުޅޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ އިބްރާހިމް ހޫދު ވިދާޅުވީ, ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 10 ޕޮއިންޓް ދަށްވުމަކީ އެކަމާ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ވެއްޓިފައި އޮތީ ކޮން ގޮތަކުންތޯ ބަލާނެ ކަމަށާއި، މި ކަމުގައި އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ ކޮރަޕްޝަން ލެވެލް ދައްކުވައިދޭ އެއްޗަކަށްވުރެ, ކޮރަޕްޝަންގެ ޕަރސެޕްޝަން އަކަށް ވުމުން ކަމަށެވެ. އެހެންކަމުން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެކަން ބަލާފައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެކަންކަން ހަރުދަނާ ކުރައްވާނެކަމަށް ހޫދު ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ސީ.ޕީ.އައި.އިން ދިވެހިރާއްޖެއަށް ލިބުނީ 180 ގައުމުގެ ތެރެއިން 75 ގިން,ތި އަދި 43 ޕޮއިންޓް ކަމުގައި ވީނަމަވެސް 2021ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި އަދި 40 ޕޮއިންޓްކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ. މިނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށް ކަމަށްވެސް ޓްރާންޕޭރެންސީން މައުލޫމާތުދެއެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީ.އައިއޭ)އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް