Advertisement
ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 18:29
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުން
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުން
މުންޝިދް
އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ހުޅުވާލުން
ބައި އިލެކްޝަނަށްފަހު އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ހުޅުވާލަނީ
ހަސަން ލަތީފްގެ ދައުރު ހަމަވާނީ ފެބްރުއަރީ 11އަށް
އެމްޑީޕީން މިވަގުތު ޚާއްސަ އިސްކަމެއް ދެނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް
އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާފައިވަނީ މުހައްމަދު ރާޝިދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށްފަހު އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަން ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގައި މިވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މެމްބަރު ހަސަން ލަތީފް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމު ކާމިޔާބުކުރައްވާފައިވަނީ 11 ފެބްރުއަރީ 2017 ގައެވެ. އަންނަ ފެބްރުއަރީ ވަނަ ދުވަހު އެމަނިކުފާނުގެ ދައުރު ހަމަވާނެއެވެ.

Advertisement

އެހެންކަމުން އެ މަގާމަށް ހުޅުވާލުމާ ގުޅޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޕާޓީގެ ޑެޕިއުޓީ ޗެއަރޕަރސަން އަލީ ނިޔާޒް ވިދާޅުވީ، މިވަގުތު އެންމެ ޚާއްސަ އިސްކަމެއް ދެމުންދަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކަމަށެވެ. އަދި ޗެއަރޕަރސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާނީ އިންތިޚާބަށް ފަހު ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް އެ މަގާމަށް ހުޅުވާލާނެ ވަކި ތާރީޚެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކީ މުހައްމަދު ރާޝިދެވެ. ރާޝިދުގެ ކެމްޕޭނަށް އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން ޕާޓީގެ އިސް ލީޑަރޝިޕްގައި ތިއްބަވާ ބޭބޭފުޅުން ވަނީ އެ ދާއިރާއަށް ކެމްޕޭނަށް ވަޑައިގެންފައެވެ. އަދި މީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގައި ހިމެނިވަޑައިގަންނަވާ އިސް ބައެއް ބޭބޭފުޅުންވެސް ވަނީ އެ ދާއިރާއަށް ކެމްޕޭނަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
26 ޖެނުއަރީ 2022 | ބުދަ 06:42
ބޮޓު
ކޮބަޔޯ ސަރުތަކީ ؟ މަވެސް ކުރިމަތިލާން ކަމަށް