ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 16:58
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ- މިނިސްޓަރ މާރިޔާގެ ކޮރަޕްޝަން މައްސަލައެއް އުޅޭނަމަ ހުށައެޅުއްވުމަށް ވިދާޅުވެފައިވޭ
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ- މިނިސްޓަރ މާރިޔާގެ ކޮރަޕްޝަން މައްސަލައެއް އުޅޭނަމަ ހުށައެޅުއްވުމަށް ވިދާޅުވެފައިވޭ
މިނިސްޓްރީ އޮފް ޑިފެންސް
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ
އިންތިޚާބުގެ ހަތިޔާރަކަށް ދަރިކަލުންގެ ނަން ބޭނުންކޮށް ސުރުޚީ ހެދުމާމެދު މާރިޔާގެ ވަރުގަދަ ރައްދެއް
ދަރިކަލުންނަކީ ޔޫކޭގެ ކޮލިފައިޑް ގާނޫނީ ވަކީލެއް
އެއީ ހައްގު ނޫން ފައިސާއިން ބައްލަވައިގެންވާ ގެއަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ނޫސްވެރިޔާ ބުނޭ
މިނިސްޓަރ ވަނީ ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރެވޭނަމަ އޭސީސީއަށް ހުށައެޅުމަށް އެދިވަޑައިގެންފައި

އިންތިޚާބުގެ ހަތިޔާރަކަށް ދަރިލަކުންގެ ނަން ބޭނުންކޮށް ސުރުޚީ ހެދުމާމެދު ޑިފެންސް މިނިސްޓަރ މާރިޔާ ރައްދު ދެއްވައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާގެ ދަރިކަލުން އިނގިރޭސިވިލާތުން ގެއެއް ބައްލަވައިގެންފައިވާ ކަމަށާއި، އެއީ ހައްގުނޫން ފައިސާއިން ބައްލަވައިގެންވާ ގެއަކަށް ވުމުގެ ފުރުސަތު ބޮޑުކަން ބަޔާންކޮށް ދިޔަރެސްގެ ނޫސްވެރިއަކު ވަނީ މާރިޔާއަށް ވައިބަރ މެދުވެރިކޮށް ސުވާލު ކޮށްފައެވެ. އެގޮތުން އިނގިރޭސިވިލާތުން 1.5 މިލިއަން ޕައުންޑުގެ ގެއެއް ބައްލަވައިގެންފައިވާކަމަށް ނޫސްވެރިޔާ ކުރި ސުވާލުގައިވެއެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވަނީ ދަރިކަލުންނަކީ ޔޫކޭގެ ކޮލިފައިޑް ގާނޫނީ ވަކީލެއްކަން ފާހަގަ ކުރައްވައި، މިނިސްޓަރ މާރިޔާގެ ކޮރަޕްޝަން މައްސަލައެއް އުޅޭނަމަ ހުށައެޅުއްވުމަށް އެދިވަޑައިގެންފައެވެ.

އެކަމާގުޅިގެން މާރިޔާ ވިދާޅުވީ، ދަރިކަލުންނަކީ އިނގިރޭސި ވިލާތުގައި ގާނޫނީ ވަކީލުކަން ކުރަމުންދާ 40 އަހަރުވީ ފަރާތެއް ކަމަށެވެ. އަދި ދަރިކަލުންގެ މަސައްކަތާއި އާމްދަނީ މި ސަރުކާރާ ގުޅުވައި އިންތިޚާބުތަކާ ދިމާކޮށް، ހަދާ ސުރުޚީއަކަށް ވުމަކީ ދެރަަކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރެވޭނަމަ އެކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށައަޅައިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންފައެވެ. އަދި މާރިޔާގެ ދަރިކަލުންނަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަގާމެއް ނުވަތަ ވަޒީފާއެއްވެސް އަދާކުރި، އަދި ކުރަމުންދާ ފަރާތެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާގެ ދަރިކަލުން ފެށުނީއްސުރެ އުޅެމުންދަނީ ރާއްޖެއިން ބޭރުގައި އަމިއްލަ މަސައްކަތް ކޮށްގެންކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.

- ކޮމެންޓް