ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 13:00
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 3 ޕޮއިންޓް ދަށްވެ، ރާއްޖެ ވަނީ 10 ގިންތި ދަށަށް ގޮސްފައި
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 3 ޕޮއިންޓް ދަށްވެ، ރާއްޖެ ވަނީ 10 ގިންތި ދަށަށް ގޮސްފައި
ޓްރާންސްޕޭރަންސީ
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް
ކޮވިޑުގެ މި ޙާލަތުގައިވެސް ފެންނަމުންދަނީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރު ނުކުރެވޭތަން: ޓްރާންސްޕޭރެންސީ
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 3 ޕޮއިންޓް ދަށްވެ، ރާއްޖެ 10 ގިންތި ދަށަށް ވަނީ ގޮސްފައި
2021 ގެ ނަތީޖާއިން ފެންނަމުންދަނީ ކޮރަޕްޝަން ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅުތައް ތަންފީޒު ނުކުރެވޭކަން
ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަންވެސް ޓްރާންސްޕޭރެންސީން ފާހަގަ ކުރޭ

ކޮވިޑުގެ މި ޙާލަތުގައިވެސް ފެންނަމުންދަނީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ އެކި ފަރާތްތައް ޒިންމާދާރު ނުކުރެވޭ މަންޒަރުކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީން އެހެން ބުނެފައިވަނީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 3 ޕޮއިންޓް ދަށްވެ، ރާއްޖެ 10 ގިންތި ދަށަށް ދިޔުމާއި ގުޅިގެންނެވެ.

ޓްރާންސްޕޭރެންސީން ބުނީ، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައިސްފައި ވީނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހެދިފައިވާ ގާނޫނުތަކަށް އަމަލުކުރުމުގައްޔާއި ތަންފީޒުކުރުމުގައި ދިވެހިރާއްޖެ އަދިވެސް ފަހަތައް ޖެހޭކަމަށް 2021 ގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، އަދި ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަންވެސް ޓްރާންސްޕޭރެންސީން ފާހަގަ ކުރެއެވެ.

އަދި ސީ.ޕީ.އައި އިންޑެކްސްގެ މެދު ދަރަޖައިގެ ރޭންކެއް ރާއްޖެއަށް ލިބުން ރަމްޒުކޮށްދެނީ، ގްރޭންޑް ކޮރަޕްޝަންފަދަ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް އޮތްކަން ކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން ޓްރާންސްޕޭރެންސީން ބުނާ ގޮތުގައި ސަރުކާރުގެ މަތީމަގާމުތަކުގައި ތިބޭ މުއްސަނދި މަދުބަޔަކު ގިނަ ބައެއްގެ ހައްގުތައް ނަގާލާއި އަމިއްލަ މަންފާ ހޯދަމުންދާކަމަށެވެ. މި ކަންކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި މި މައްސަލަތަކައް އެކަށީގެންވާ ހައްލެއް ހޯދަންޖެހޭކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޓްރާންސްޕޭރެންސީގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކެސީ މެނޭޖަރ ސާރާ ނަސީމް ވިދާޅުވީ، 2020 ވަނަ އަހަރު ސީ.ޕީ.އައި އިން ރަނގަޅު ނަތީޖާއެއް ދިވެހިރާއްޖެއަށް ދެއްކިފައިވީ ނަމަވެސް، 2021 ގެ ނަތީޖާއިން ފެންނަމުންދަނީ ކޮރަޕްޝަން ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅުތައް ތަންފީޒު ނުކުރެވުމުގެ ނަތީޖާ ކަމަށެވެ. އެގޮތުން އެކަންކަމާއި ދޭތެރޭގައި މީހުން ދެކޭގޮތް ރަނގަޅު ކުރުމަށްޓަކައި ކޮރަޕްޝަން ހިންގާ އަދި އެކަންކަމުގައި ބައިވެރިވާ މީހުންނާއި ދޭތެރޭގައި ފިޔަވަޅު އަޅަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކޮވިޑުގެ މި ޙާލަތުގައިވެސް ފެންނަމުންދަނީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ އެކި ފަރާތްތައް ޒިންމާދާރު ނުކުރެވި، ބާރުގަދަ މުއްސަނދި ބަޔަކު އެކަންކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަންޒަރުކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަތަކުގެ ތުހުމަތުކުރެވޭ ފަރާތްތައްވެސް އަދިވެސް ތިބީ މަޤާމުތަކުގައިކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަން ގައި ތަހުގީގަށް ފޮނުވާފައިވާ ފަރާތްތައްވެސް އަދިވެސް ތިބީ ސަރުކާރުގެ އިސް މަޤާމުތަކުގައި، މިކަންކަން ބަދަލު ނުކުރެވޭހާ ހިނދަކު، ކޮރަޕްޝަންގެ ޙާލަތުވެސް ސީޕީއައިގެ ނަތީޖާވެސް ދާނީ ހަމަ ދަށްވަމުން
ޓްރާންސްޕޭރެންސީގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކެސީ މެނޭޖަރ ސާރާ ނަސީމް
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 3 ޕޮއިންޓް ދަށްވެ، ރާއްޖެ ވަނީ 10 ގިންތި ދަށަށް ގޮސްފައި - ޓްރާންސްޕޭރަންސީ

މީގެއިތުރުން، އިންސާނީ ހައްޤުތަކަށް އަރައިގަތުމަށް ކޮރަޕްޝަން މަގުފަހިކޮށްދޭކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ، އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތައް ހުރި ބޮޑު ހުރަހަކަށް ވާއިރު، ސަރުކާރު ޒިންމާދާރު ކުރުމަށް ރައްޔިތުންނަށް ހުރި ހުރަހަކަށްވެސްވާ ކަމަށެވެ. އަދި ޒިންމާދާރުކުރުވުމާއި ހާމަކަން ބޮޑު ނިޒާމެއް ގާއިމްކުރުމަށާއި ކޮރަޕްޝަން ނައްތާލާ ކޮރަޕްޓް ފަރާތްތައް ހިމާޔަތްކޮށް ބާރުވެރިކުރާ ވިހަ ނިޒާމް ނައްތާލުމަށް ސިޔާސީ އެއްބާރުލުން ވަރަށްވެސް މުހިންމު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް