ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 10:27
ހިންގުމުގެ ނިޒާމަށް ކުރިއެރުން އައިސްފައިވީ ނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހެދިފައިވާ ގާނޫނުތަކަށް އެކަށީގެންވާ ގޮތުގައި އަމަލު ނުކުރެވޭކަމަށް ޓްރާންސްޕޭރެންސީން ބުނޭ
ހިންގުމުގެ ނިޒާމަށް ކުރިއެރުން އައިސްފައިވީ ނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހެދިފައިވާ ގާނޫނުތަކަށް އެކަށީގެންވާ ގޮތުގައި އަމަލު ނުކުރެވޭކަމަށް ޓްރާންސްޕޭރެންސީން ބުނޭ
ރައީސް އޮފީސް
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް
ކޮރަޕްޝަން އިންޑެކްސްގައި 3 ޕޮއިންޓް ދަށްވެ، ރާއްޖެ 10 ގިންތި ދަށަށް
2020 ވަނަ އަހަރުގެ ސީ.ޕީ.އައި އިން ރާއްޖެއަށް ލިބުނީ 180 ގައުމުގެ ތެރެއިން 75 ގިންތި
100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށް
2021 ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި އަދި 40 ޕޮއިންޓް

ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) އިން ރާއްޖެއިން ނިމިދިޔަ އަހަރު 3 ޕޮއިންޓް ދަށްވެ، 10 ގިންތި ދަށަށް ގޮސްފިއެވެ.

ސީ.ޕީ.އައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 - 100) ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.

ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީ.އައި) ގެ ފަރާތުން ނެރުނު ސީ.ޕީ.އައި އަންގާރަ ދުވަހު އާންމުކޮށްފައިވާއިރު، މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.

2020 ވަނަ އަހަރުގެ ސީ.ޕީ.އައި އިން ދިވެހިރާއްޖެއަށް ލިބުނީ 180 ގައުމުގެ ތެރެއިން 75 ގިންތި އަދި 43 ޕޮއިންޓް ކަމުގައި ވީނަމަވެސް 2021 ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި އަދި 40 ޕޮއިންޓެއްކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ. މިނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށް ކަމަށްވެސް ޓްރާންޕޭރެންސީން މައުލޫމާތު ދެއެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީ.އައިއޭ) އެވެ.

ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް އަދި ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓްގެ ޑާޓާ އެއްކޮށްފައިވަނީ ޖެނުއަރީ 2020 އިން ޖެނުއަރީ 2021 އަށެވެ. އަދި ވޯލްޑް ބޭންކް ސީ.ޕީ.އައި.އޭ ގެ ޑާޓާ އެއްކޮށްފައިވަނީ ޖެނުއަރީ 2019 އިން ޖެނުއަރީ 2020 އަށެވެ.

- ކޮމެންޓް