ކ. މާލެ
|
23 ޖެނުއަރީ 2022 | އާދީއްތަ 09:21
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
އެސްޓީއޯ
ކޮވިޑް ބަލީގައި މީހަކު ނިޔާވުން
ކޮވިޑްގައި 42 އަހަރުގެ މީހަކު ނިޔާވެއްޖެ
ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ މީހެއް
ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 270 އަށް އަރާފައި
ފާއިތު 24 ގަޑިއިރު ރާއްޖެއިން 2،349 މީހަކު ޕޮޒިޓިވްވެފައިވޭ

ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އާދިއްތަ ދުވަހުގެ މެންދަނމު 03:01 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ. އެއީ އުމުރުން 42 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 270 އަށް އަރާފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއިން ފެނުނު ކޭސްތައް ވަނީ 2،349 އަށް އަރާފައެވެ. މީގެ ތެރެއިން 1،325 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން 681 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 54 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މި 24 ގަޑިއިރު ތެރޭގައި 289 މީހުން ޕޮޒިޓިވްވީ ކޮން ތަނަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.

- ކޮމެންޓް