ކ. މާލެ
|
20 ޖެނުއަރީ 2022 | ބުރާސްފަތި 15:36
ހުޅުމާލެ ސަހަރާ
ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑްގައި އިތުރު މީހަކު މަރުވުން
ކޮވިޑް ބަލީގައި މިއަދު ތިން މީހުން ނިޔާވެއްޖެ
ނިޔާވީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެއް
ކޮވިޑްގައި ރާއްޖެއިން 268 މީހަކު ވަނީ ނިޔާވެފައި

ކޮވިޑް-19 ބަލީގައި މިއަދު ތިންވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ މީހަކު ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި ނިޔާވެފައިވާކަމަށެވެ. ނިޔާވީ އުމުރުން 76 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ ކޮވިޑް ބަލީގައި ބުރާސްފަތު ދުވަހު ނިޔާވި 3 ވަނަ މީހާއެވެ. މިއާއެކު މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 268 އަށް އަރާފައެވެ.

ކޮވިޑް ބަލީގައި ބުރާސްފަތި ދުވަހުގެ ހެނދުނު 06:16 ގައި، އަދި ހެނދުނު 06:04 ގައި ދެ މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރެއިން އެކަކު ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނިކޮށެވެ. އަދި ލާމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ މީހަކު ވަނީ ނިޔާވެފައެވެ.

- ކޮމެންޓް