ކ. މާލެ
|
18 ޖެނުއަރީ 2022 | އަންގާރަ 16:57
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު
ރާއްޖެ އެމްވީ
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ތައްޔާރީތައް
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަޖިސްޓްރޭޝަނާ ބެހޭ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެއްޖެ
ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 15:00ގެ ނިޔަލަށް
މި އިންތިޚާބުގައި ޖުމްލަ 11 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވޭ
ރީ-ރެޖިސްޓަރވުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް އީސީން ވަނީ ނިންމާފައި

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަޖިސްޓްރޭޝަނާ ބެހޭ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެއްޖެއެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 15:00ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޝަކުވާ ކޮމިޓީން މިހާރު އަންނަނީ ބަލަމުންނެވެ.

މި އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އީސީން މިހާރު އަންނަނީ އޮފިޝަލުން ހަމަޖެއްސުމާއި، އެފަރާތްތަކަށް ތަމްރީނު ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވާއިރު، ވޯޓުލުމަށް ރަޖިސްޓްރީވެފައިވާތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓަރވުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް އީސީން ވަނީ ނިންމާފައެވެ. ރީރެޖިސްޓްރޭޝަން މުއްދަތު ހަމަވާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

މި އިންތިޚާބުގައި ޖުމްލަ 11 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދާއިރާގެ މަޖިލިސް މެމްބަރުކަމުގައި ހުންނެވި އެމްޑީޕީގެ ސީނިއަރ މެމްބަރު އަދި ވިޔަފާރިވެރިޔާ ހުސައިން ވަހީދު މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމުންނެވެ.

މިއަންނަ މަހު ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރާނީ ޕީޕީއެމްގެ އިތުރުން އެމްޑީޕީއާއި އެމްއެންޕީންނެވެ. އެމްޑީޕީން މިދާއިރާއަށް ނެރޭ ކެންޑިޑޭޓަކީ މުހައްމަދު ރާޝިދެވެ. މި ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓަކީ މޫސާ ފަތުހީ އާދަމްއެވެ. އެމްއެންޕީގެ ފަރާތުން މިދާއިރާއަށް ކުރިމަތިލާފައިވަނީ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސްއެވެ.

މި ދާއިރާގެ ގޮނޑި ކާމިޔާބުކުރުމަށް މި ތިން ޕާޓީންވެސް އަންނަނީ ވަރުގަދަ ކެމްޕެއިނުތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެމްޑީޕީން މިދާއިރާއަށް ނެރޭ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ރައިސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި ފޮރެން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ރާޝިދުގެ ކެމްޕެއިނުގައި ބައިވެރިވެވަޑަތުމަށް ކޮމަންޑޫ ދާއިރާއަށް ދަތުރުކުރައްވާފައެވެ.

ހަމައެހެންމެ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީގެ ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުވެސް ވަނީ އެދާއިރާއަށް ދަތުރުކުރައްވާފައެވެ. އަދި އިދިކޮޅު ކޯލިޝަންގެ ބައެއް އިސްލީޑަރުން ހިމެނޭ ޓީމެއް މިހާރުވެސް އަންނަނީ އެދާއިރާގައި ކެމްޕެއިންކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.

- ކޮމެންޓް